ޑރ.ޖަމީލް ސަރުކާރަށް: ދަރަނި ނަގައިގެން ތިކުރީ ހުސް އިސްރާފު!

ޑރ.ޖަމީލް ސަރުކާރަށް: ދަރަނި ނަގައިގެން ތިކުރީ ހުސް އިސްރާފު!

Author
މުޙައްމަދު ޖިމީ
06 ޖުލައި 2022 10:32
0

މިއީ އެއްވެސް ބާވަތެއްގެ ޓެކްސްއެއް އިތުރުކުރަންޖެހޭ ވަގުތެއް ނޫންކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ފާޑުވިދާޅުވެއްޖެއެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމުމާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ، ދަރަނި ނަގައިގެން ސަރުކާރުން މިހާތަނަށް މުޅިންވެސް ކުރީ އިސްރާފުކަމަށެވެ. ކުޑަކުރި ޚަރަދެއް އޮތްތޯ ސުވާލުކުރައްވާ ޑރ.ޖަމީލް ވަނީ ރައްޔިތުން ދަރަނީގެ ދަންތުރެއްގައި ޖައްސާކަމަށް ވިދާޅުވެފައެވެ. އަދި އިތުރަށް އޮޅުވާނުލައި ރައްޔިތުންގެ ޖީޞަށް އަތްބޭނުން ހުއްޓާލުމަށް ޖަމީލު ގޮވާލެއްވިއެވެ.

ޑރ.ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި އިޤްތީޞާދީ މާހިރުންވެސް ހިމެނިވަޑައިގަންނަވައެވެ.ސަރުކާރުގެ އެ ނިންމެވުމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ފާޑުވިދާޅުވެފައެވެ.

ދުނިޔޭގައި ތަކެތީގެ އަގުތައް އިންތިހާ އަށް އުފުލެމުން އަންނަ އިރު، ޓީޖީއެސްޓީ ބޮޑުކުރުމުން ރާއްޖޭގެ ޓޫރިޒަމަށް އޮތް ޑިމާންޑް ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށްބުނެ މަޓޯޓާއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.