ކުއްތާތައް ނެރެގެން މާލެތެރޭގައި ތަމްރީނެއް ހިންގަނީ

ކުއްތާތައް ނެރެގެން މާލެތެރޭގައި ތަމްރީނެއް ހިންގަނީ

Author
މުޙައްމަދު ޝަޒައިމް
06 ޖުލައި 2022 09:48
0

މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންގެ އޮޕަރޭޝްތަކުގައި ގެންގުޅޭ ޑޯގު ސްކޮޑާއިއެކު މިއަދު ޚާއްސަ ތަމްރީނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.

ފުލުހުންގެ އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުންކުރުމުގެ ހުއްދަދީފައި ވަނީ 2015 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. އޭގެ ފަހުން ތަފާތުއެކި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ފުލުހުންވަނީ ޑޯގު ސްކޮޑާއިއެކު ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގާފައެެވެ.

މިއަދު ހާއްސަ ތަމްރީނެއް ބާއްވާއިރު އިއްޔެ ވަނީ ގޮވާއެއްޗެއް އޮތް ކަމަށް ދިން އިންޒާރަކާ އެކު މާލެ ތެރޭގައި ސިފައިންނާއި ފުލުހުންގެ އޮޕަރޭޝަނެއް ވެސް ހިންގައިފައެވެ. އެކަމަކު ނުރައްކަލެއް ނެތްކަން ޔަގީންކަން އިއްޔެ ވަނީ އޮޕަރޭޝަން ނިންމާލިކަން އިއުލާނުކޮށްފައެވެ.

މިއަދު މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ މިތަމްރީނަކީ މާލޭގެ އެކި ސަރަހައްދުތަކުގައި ޑޯގު ސްކޮޑާއިއެކު ފުލުހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނެއްކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި ފުލުހުން ދޭތެރެ ދޭތެރެއިން އަންނަނީ ޑޯގް ސްކޮޑާއިއެކު އޮޕަރޭޝަންތައް ހިންގަމުންނެވެ. ކުއްތާ ބޭނުންކޮށްގެން މީގެކުރިން ކުރިއަށްގެންދިޔަ ބައެއް އޮޕަރޭޝަންތަކުގައިވެސް ފުލުހުން ވަނީ މަސްތުވާތަކެތި އަތުލައިގަނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.