އަމިއްލަ ޖިންސީ ގުނަވަން ބުރިކުރި ބިދޭސީ މީހާ މަރުވެއްޖެ

އަމިއްލަ ޖިންސީ ގުނަވަން ބުރިކުރި ބިދޭސީ މީހާ މަރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
04 ޖުލައި 2022 10:45
0

ހުޅުމާލޭގައި އަމިއްލައަށް އަމިއްލަ ޖިންސީ ގުނަވަން ބުރިކުރަން ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހެރި ބިދޭސީ މީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ ހަފްތާގެ ބްރާސްފަތި ދުވަހު ފުލުހުންނަށް ރިޕޯޓް ކުރި މިމައްސަލާގައި ބިދޭސީ މީހާ ގައިގެ އެކި ތަންތަނަށް ވަޅި ހަރައި ޒަޚަމްކޮށްލާފައިވާތީ އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުދާދޭން ފެށި ކަމަށެވެ.

އޭނާއަށް ފަރުވާ ދެމުންދަނިކޮށް ރޭ އިރާކޮޅުގެ ވަގިތެއްގައި އޭނާ މަރުވެފައިވާކަމާށެވެ. މަރުވެފައިވަނީ އުމުރުން 31 އަހަރުގެ ބިދޭސީ ފިރިހެނެއްކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިމައްސަލައިގައި މިހާތަނަށް ބެލިބެލުމުން މިއީ އިތުރު މީހެއްގެ ބައިވެރިވުމެއް އޮތް ކަމެއް ކަމުގައި ފާހަގަ ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.