ކޯވިޑް ބަލީގައި ރާއްޖެއިން ކުރިން ނިޔާވި މީހެއްގެ ޖަނާޒާގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

ކޯވިޑް-19ގައި 48 ގަޑިއިރުތޭ 3 ވަނަ މީހަކު ނިޔާވެއްޖެ

ކޯވިޑް-19ގައި 48 ގަޑިއިރުތޭ 3 ވަނަ މީހަކު ނިޔާވެއްޖެ

ކޯވީޑް-19އަށް ފަރުވާދެމުން އައި އިތުރު މީހަކު ނިޔާވެއްޖެއެވެ.

މިރޭ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުދޭމުން އައި ޢުމުރުން 52 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ 48 ގަޑިއިރުގެ ތެރޭގައި ނިޔާވި 3 ވަނަ މީހާއެވެ. މިއަދު 2 މީހުން އަދި އިއްޔެވެސް ވަނީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެފައެވެ. މިރޭ ނިޔާވި މީހާއާއިއެކު ކޯވިޑް-19ގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 44އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ނިޔާވިި 44 މީހުންގެ ތެރޭގައި ހިމެނެނީ 36 ދިވެހިންނާއި 8 ބިދޭސީންނެވެ. މިއީ މިހަފްތާގެ ތެރޭގައި ކޯވިޑްގައި ނިޔާވި 4 ވަނަ މީހާއެވެ.

ރާއްޖެއިން މިހާތަނަށް 12،204 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، 865 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އަދި 47 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *