ކިނޮޅަހު ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ކިނޮޅަހު ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

Author
މުޙައްމަދު ޝަޒައިމް
03 ޖުލައި 2022 12:15
0

ރ.ކިނޮޅަހު ލަފާފުރުމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމުގައި އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ރ. ކިނޮޅަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ގްރޮއިން ޖެހުމުގެ މަސައްކަތުގެ 46 ޕަސެންޓާއި، މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 39 ޕަސެންޓާއި، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 38 ޕަސެންޓް ވަނީ ނިމިފައިކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމާއި، 162 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 285 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 186 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހަރުކުރުމާއި، 1663.36 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ.

މި މަޝްރޫޢަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫޢެއް.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.