ކޯވިޑް-19: އަދަދުތައް މައްޗަށް، މިއަދުވެސް 50 މީހަކު ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: އަދަދުތައް މައްޗަށް، މިއަދުވެސް 50 މީހަކު ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
15 ނޮވެމްބަރ 2020 10:04
0

ރާއްޖެއިން އިތުރު 50 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އިއްޔެގެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 21 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 29 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޖެންސީން ވިދާޅުވެއެވެ.

ރާއްޖެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 30 އަށް ވުރެއް ދަށުގައެވެ. ނަމަވެސް މިވަނީ އަނެއްކާވެސް އަދަދު އިތުރުވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ކޯވިޑް-19 އަލަށް ޕޮޒިޓިވްވި 50 މީހުންގެ ތެރެއިން 19 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 31 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 12،204 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 36 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 11،298 އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހިގެން 43 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ. އެއީ 35 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ހޮސްޕިޓަލުގައި މިވަގުތު 47 މީހަކަށް ފަރުވާ ދެމުންދާއިރު، ރާއްޖެއިން ބަލީގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 865 އެވެ. އައިސޮލޭޝަންގައި 249 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.