އެންމެ ބުއްދިވެރި ގޮތަކީ ބަރުލަމާނީ ނިޒާމުގެ ހުވަފެން ދޫކޮށްލެއްވުން: ސައުދު

އެންމެ ބުއްދިވެރި ގޮތަކީ ބަރުލަމާނީ ނިޒާމުގެ ހުވަފެން ދޫކޮށްލެއްވުން: ސައުދު

Author
ހުސެއިން
01 ޖުލައި 2022 06:16
0

އެންމެ ބުއްދިވެރި ގޮތަކީ ރައީސް ނަޝީދު ދެކެވަޑައިގަންނަވަމުން ގެންދަވާ ބަރުލަމާނީ ނިޒާމުގެ ހުވަފެން ދޫކޮށްލެއްވުން ކަމުގައި ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް އަދި ކުރީގެ ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ ބޯޑުގެ ޗެއަރމަން ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ސައުދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ ވެރިކަން ކުރާނެ މީހަކާއި، ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ އެންމެހާ ބާރެއް ގާނޫނު އަސާސީން އޮތީ ރައްޔިތުންނަށް ދީފައި ކަމަށާއި، ރައީސް ނަޝީދަށް އެކަން ނުނިންމޭނެ ކަމުގައެވެ.

ސައުދު އިތުރަށް ވިދާޅުވެފައިވަނީ 2023 ވަނަ އަހަރަށް ފަހުވެސް ވެރިކަން ކުރާނޭ މީހަކު ނިންމާނީ ރައްޔިތުން ކަމަށާއި ނަޝީދަށް އެންމެ ރަގަޅު ގޮތަކީ ބަރުލަމާނީ ނިޒާމުގެ ހުވަފެންތައް ދޫކޮށްލެއްވުން ކަމުގައެވެ.

ނަޝީދު ބާވަމުން ގެންދަވާ "އާސްކު ސްޕީކަރ" ޕްރޮގްރާމްގައި ރޭ ވާހަަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ ސަރުކާރު ހިންގާ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ނިމިގެންދިޔަ 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން މިނިސްޓަރު ޝާހިދު ފާޅު ކުރެއްވި ކަމަށާ ނަމަވެސް އެ ފަހަރުގެ އިންތިހާބުގައި ނިކުންނަވަން އެންމެ ރަނގަޅު ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ޝާހިދު އަރިހުގައި ވިދާޅުވެފައި ވާނެ ކަމަށް ނަޝީދު ރޭގެ ޕްރޮގްރާމްގައި ވަނީ ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ވާނެކަމަށްވެސް ނަޝީދު ވަނީ ރޭ ކުރިޔަށްދާ އާސްކު ސްޕީކަރ ޕްރޮގްރާމްގައި ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެއްވެސް އިންތިޚާބެއްގައި ވާދަކުރަނީ ބަލިވާނެކަމަށް ގަބޫލުކޮށްގެން ނޫންކަމަށެވެ. އާންމު އުސޫލުން ރޭގެ ޕްރޮގްރާމްގައިވެސް ނަޝީދުވަނީ ބަރުލަމާނީ ނިޒާމަކުން ނޫނީ ވެރިކަންކު ކުރެވޭނެ ފަހިމަގެއް ނުލިބޭނެކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އަބަދުވެސް ތާއީދު ކުރައްވާނީ އެނިޒާމުގެ ތެރެއިން ވެރިކަން ކުރެއްވުމަށް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.