ޔޯގާ ހަމަނުޖެހުން ހުއްޓުވުމަށް ޝެއިޚު ނިޝާން ހަރަކާތްތެރިވި ވީޑިއޯއެއް!

ޔޯގާ ހަމަނުޖެހުން ހުއްޓުވުމަށް ޝެއިޚު ނިޝާން ހަރަކާތްތެރިވި ވީޑިއޯއެއް!

ޔޯގާ ދުވަހު ގަލޮޅު ދަނޑުގައި ހިގައިދިޔަ ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް މިމައްސަލާގައި ހައްޔަރުކޮށްފައިވާ ދީނީ އިލްމުވެރިޔާ ޝައިޚު އާދަމް ނިޝާން ހަރަކާތްތެރިވާ ވީޑިއޯއެއް ދައުވާން ފަށައިފިއެވެ.

ދީނީ ގިނަ އިލްމުވެރިން ދެކޮޅު ހަދަމުންދަނިކޮށް ކުރިއަށް ގެންދިޔަ މިހަރަކާތުގައި ބޮޑެތި ހަމަނުޖެހުންތަކެއް ވަނީ ހިނގާފައެވެ. މިހަނުޖެހުންތައް ހިނގާފައިވަނީ ފުލުހުންގެ ސެކިއުރިޓީ ފެއިލްވުމުންކަމަށް ފުލުހުން ވަނީ އެއްބަސްވެފައެވެ. މިހަނުޖެހުންގައި ދީނީ އިލްމުވެރިންގެ ތެރެއިން ޝައިޚު ނިޝާންއާއި، ފަޒުލޫން ވަނީ ހައްޔަރުކޮށްފައެވެ.

އެދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން ޝައިޚު ނިޝާން ހައްޔަރުކޮށްފައިވާއިރު، އެދުވަހުގެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ޝައިޚު ނިޝާން ހަރަކާތްތެރިވާ ވީޑިއޯއެއް ދަނީ ދައުރުވަމުންނެވެ. އެވީޑިއޯގައި ގިނަ އަދަދެއްގެ މީހުން ހަމަނުޖެހުން ހިންގުމަށް ފުލުހުންގެ ބެރިކޭޑް ފަޅާލާފައި ދާން އުޅުމުން ނިޝާންވަނީ އެއްވި މީހުން ކޮންޓްރޯލްކޮށް ހަމަނުޖެހުން ހިންގުން ކޮންޓްރޯލް ކުުރުމަށް މަސައްކަތް ކޮށްފައެވެ.

މިވީޑިއޯ ހިއްސާ ކުރައްވައި ޝައިޚު ޑރ.އިޔާޒު ވިދާޅުވީ މިވީޑއޯއިންވެސް ޝައިޚު ނިޝާން މަސައްކަތް ކުރެއްވީ ހަމަނުޖެހުން ހުއްޓުވުވަންކަން ހާމަވާކަމަށެވެ.

މި ވީޑިޔޯ އިން ފެންނަނީ ހަމަނުޖެހުން ހުއްޓުވުމަށް ޝައިޚް ނިޝާން މަސައްކަތް ކުރައްވާތަން. މާތް ރަސްކަލާންގެ ޝައިޚަށާއި ޢާއިލާ އަށް ކެތްތެރިކަމާއި ޘާބިތުކަން ދެއްވާށި. އަވަހަށް މިނިވަންވެގެން ޢާއިލާގެ ގާތަށް އާދެވުމުގެ ތައުފީޤު ދެއްވާށި. އާމީން.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

ޝައިޚް އާދަމް ނިޝާން އާއި ޝައިޚް ފަޟްލޫން ބިން މުޙައްމަދު ބަންދުމުގެ މުއްދަތު އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އިތުރު 7 ދުވަހަށް އިތުރުކޮށްފައެެވެ. ނިޝާން ހައްޔަރުކޮށްފައިވަނީ ފަސްވަރަކަށް އަހަރުގެ ދަރިފުޅާއި އެކު އިޝާ ނަމާދު ކުރަން މިސްކިތައް ވަޑައިގަންނަވަނިކޮށެވެ. ނަމާދަށްވެސް އަރަން ޖާގަ ނުދީ ފުލުހުން ކުޑަކުއްޖާ ހުއްޓާ ޝައިޚު ވަށާލައި ހައްޔަރު ކުރުމުން ގިނަ ބަޔަކު ދަނީ ފުލުނުންނަށް މިކަމުގައި ފާޑު ކިޔަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ތި ވީޑިޔޯ އިން ފެންނަނީ ޕޮލިހުންނެއްވުރެ ބޮޑަށް ސޭހު މީހުން ދުރުކުރަން އުޅޭތަން

Leave a Reply

Your email address will not be published. Required fields are marked *