ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް މުސުން ގޯސްވާނެ: މެޓް

ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް މުސުން ގޯސްވާނެ: މެޓް

Author
މުޙައްމަދު ޖިމީ
30 ޖޫން 2022 11:49
0

މިރެއިން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ. ރާއްޖެއަށް މިހާރު ކުރަމުންމިދާ ހުޅަނގު މޫސުމުގެ ވިއްސާރައާއި ގުޅިގެން މެޓް އޮފީހުން ބުނީ މިރެއިން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެކަމަށާއި ބައެއް ހިސާބުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ.

މުޅިރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލާފާކޮށް މޫސުމާބެހޭ ޤައުމީ ޢިދާރާއިން މިހާރުވަނީ ދެކުނުގެ ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ. އަދި މިސަރަހައްދުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ ޢިދާރާއިން ބުނެއެވެ.

މެޓު އޮފީހުން ވަނީ ތ އަތޮޅުންފެށިގެން އައްޑޫސިޓީއާއި ދެމެދުގެ ސަރަހާއްދުތަކަށް ރީނދޫ ސަމާލު ނެރެފައެވެ.އެ އިދާރައިން ބުނީ، މިރެއިން ފެށިގެން މުޅިރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރާއިރު ޚާއްޞަކޮށް ހޮނިހިރުދުވަހު މުޅިރާއްޖެއަށް މޫސުން ގޯސްވެ ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ދަތުރަށް ފެށުމުގެ ކުރިން އެޢިދާރާއިން ދީފައިވާ މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތުުތަކަށް ބެލުމަށްފަހު ނޫނީ ދަތުރުތައް ނުރޭވުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.