އެއްޖިއްސުން ގުޅުންހިންގި މައްސަލައި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އިޚުލާސްތެރިކަމެއް ނެތްކަން ފެންނަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވީ އެއްޖިއްސުން ގުޅުންހިންގި މައްސަލަތަކުގައި ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ އިސްބޭފުޅުންނަށް ތުހުމަތުކުރެވޭ ވީޑިއޯއާއި ފޮޓޯތައް އާންމުވެފައި ވީނަމަވެސް އެޕާޓީން އެކަންކަމާއިމެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ކަންބޮޑުވުން ފާޅު ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
ޝައިޚު ޒައިދު ވިދާޅުވީ މީގެ ކުރިން މިއަށްވުރެއް މާކުދިކުދި ކަންކަމުގައިވެސް ވަރަށް ބޮޑެތި ފިޔަވަޅުތައް އަޅާފައިވާކަން ފެންނަ ހުރިކަމަށެވެ. މިއަދު އެމްޑީޕީގެ މަތިފަޑީގައި ތިބި މީހުންނަށް އެއްޖިއްސުން ގުޅުން ހިއްގި މައްސަލައިގެ ތުހުމަތު ކުރެވޭއިރު މިއިންކަމަަށް އެމްޑީޕީން އަޅާވެސް ނުލާކަމީ ކަންބޮޑުވާ ކަމެއް ކަމަށް ޒައިދު ވިދާޅުވިއެވެ.
އެމް.ޑީ.ޕީ އޭ މިކިޔާ ޖަމާޢަތުގައި އެއްވެސް ކަހަލަ އިންސާފެއް ހަމައެއް ނެތީތޯ؟ މީގެ ކުރިން މާ ކުދިކުދި ކަންކަމު ތުހުމަތެއް ކޮށްލެވޭ އިރަށް ވަގުތުން ވަގުތައް ފިޔަވަޅުއަޅާފައި އެބަހުރި! މިފަހަރު މަތީ ފަޑީގެ ބައެއްގައި ލިވާތު ބަލި އޮތްކަން ފަޟީޙަތް ވީމާވެސް ކަހާތަން ހިރުވާވެސް ނުލި!
– ޒައިދު ވިދާޅުވިއެވެ.
ޒައިދު ވިދާޅުވީ މިހާރު ލީކުވެގެން އުޅޭ ވީޑިއޯތަކަށް ރިޢާޔަތްކޮށް ނަމަވެސް އަދި އެނޫން ގޮތަކަށްނަމަވެސް މިމައްސަލަ ތައް އަވަސް ގޮތަކަށް ބަލައި ތަހުގީގު ހިންގަންޖެހޭކަމަށެވެ. އަދި އެމީހުންގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅު އަޅަންޖެހޭކަމަށް ޒައިދު ވިދާޅުވިއެވެ.
ވީޑިޔޯ ފުޓޭޖްގެ މައްޗަށް ބިނާކޮށް ކަމަށްވިޔަސް ލިވާތު ކުރާމީހުންނާއި އެމީހުން ދިފާޢުކުރާ މީހުންނަށް ވަރުގަދަ ތަޢުޒީރީ އަދަބު ދީގެންނޫނީ ގައުމު ސަލާމަތްވާކަށްނެތް! މުއައްސަސާތައްވެސް ހިނގަނީ މިމައްސަލާތަކުގައި ވަރަށް ވިޔާނުދާކޮށް! މިހާތަނަށް ދީނަށް ފުރައްސާރަކުރި އެތައްބަޔަކަށް ލުއިދީފި!
– ޒައިދު ވިދާޅުވިއެވެ.
ދައުރުވަމުންދާ ބަރަހަނާ ވީޑިއޯތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ބިދޭސީއަކާ އެކު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތުކުރާ ވީޑިއޯއަކާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)ގެ ބަރަހަނާ ފޮޓޯއެއް ހިމެނެއެވެ.
ވީޑިއޯ އާންމުވުމާ އެކު ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓައި އެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި އަނދުން ހުސެއިންގެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
One Response
އަދިތޯ އެކަން ތިއެގިވަޑާގެންނެވީ އެކަމަކު މިވަރުވެސް އޯކޭ