އެއްޖިއްސުން ގުޅުންހިންގި ވީޑިއޯ ތަހުގީގްކުރަން ބޭރުބައެއްގެ އެހީ ނުހޯދަން: ފުލުހުން

އެއްޖިއްސުން ގުޅުންހިންގި ވީޑިއޯ ތަހުގީގްކުރަން ބޭރުބައެއްގެ އެހީ ނުހޯދަން: ފުލުހުން

Author
މުޙައްމަދު ޝަޒައިމް
29 ޖޫން 2022 03:54
0

ލީކުވެގެން އުޅޭ އެއްޖިއްސުން ގުޅުންހިންގާ ވީޑިއޯތަކާއި ބްލެކްމެއިލްކުރުމުގެ މައްސަލަ ބަލަން ބޭރުގެ އެއްވެސް ތަހުޤީޤީ އިދާރާއެއްގެ ނުހޯދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިކަން ހާމަކޮށްފައި މިވަނީ މިހާރު ފެންމަތިވެގެން އުޅޭ ވީޑިއޯތަކުގެ މައްސަލައާއި ބްލެކްމެއިލްކުރުމުގެ މައްސަލަ ތަހުޤީޤްކުރުމަށް އިންޑިއާގެ ތަހުޤީޤީ އިދާރާއެއްގެ އެހީ ހޯދަމުންދާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެނެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރި ޓްވީޓެއްގައި ވިދާޅުވީ ލީކުވެގެން އުޅޭ ވީޑިއޯތަކުގެ މައްސަލައާއި ބްލެކްމެއިލްކުރުމުގެ މައްސަލަ ތަހުޤީޤްކުރުމުގައި ބޭރުގެ އެއްވެސް ތަހުޤީޤީ އިދާރާއެއްގެ އެހީ ނުހޯދާކަމަށެވެ. އަދި އެމައްސަލަތައް ތަހުޤީޤްކުރަމުންދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލީކުވެގެން އުޅޭ ވީޑިއޯތަކުގެ މައްސަލައިގައި އިންޑިއާގެ ސީބީއައިގެ ޓީމެއް ދަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Halaaku
ތަޖުގީގަން ހާދަދުވަހެކޭނަގަނީ ތަހުގޯގެން ކުރާހާފެންވަރުވެސް ނެތީބަ ވ ލަދުވެތިވާނޖެހޭކަމެއް. ފެނވަރުނެއްކަންދެއްކުމަކީ