އަރާމު ރީތި ބެޑްޝީޓެއްގައި ނިދާ ލުމަކީ ނިދި ފުރިހަމަ ކުރުމަށް ކޮންމެހެންވެސް މުހިންމު ކަމެކެވެ. ނަމަވެސް އެނދުގައި އަޅާ ބެޑްޝީޓްގެ ކުލަ އަކީ ވަރަށް މުހިންމު ރޯލެއް އަދާ ކުރާއެއްޗެކެވެ.
ބެޑްޝީޓްގެ ކުލައިގެ ސަބަބުން ނިދުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ކަމަށް އެކްސްޕާޓުން ހާމަކުރެއެވެ. އެގޮތުން ނިދާ އެނދުގައި އަޅަން ކަމުނުދާ ފަސް ކުލައެއްގެ ބެޑްޝީޓް އެކްސްޕާޓުން ވަނީ ހާމަކޮށްފައެވެ.
ނިދާ އެނދުގައި އަޅާ ބެޑަޝީޓްގެ ކުލައާއި އަރާމު ނިންޖާއި ވަރަށް ބޮޑަށް ގުޅިފައިވާކަމަށް ކަމުގެ މާހިރުން ބުނެއެވެ. އަދި އަރާމު، ފުރިހަމަ ނިންޖެއް ލިބުމަށް އެދޭނަމަ މި ފަސްކުލައިގެ ބެޑްޝީޓް ބޭނުން ކުރުން ހުއްޓާލުމަށް މާހިރުން ލަފާދެއެވެ.
ހުދު ކުލަ
ހުދު ކުލައިގެ ބެޑަޝީޓުގެ ސަބަބުން ނިދުމަށް އުނދަގޫ ތަކެއް ކުރިމަތިވެއެވެ. އެގޮތުން ހުދުކުލައިގެ ސަބަބުން ނިދުމަށް ކުރާނީ ހުސް ނޭދެވޭ އަސަރުކަމަށް މާހިރުން ބުނެއެވެ. އަދި ހަމަ އެހެންމެ އެކި ޝޭޑްގެ ހުދަ ކުލަ ތަކުން އަންނަ ބަދަލު ތަކަކީ ގޯސް ބަދަލު ތަކެއްކަމަށް ވަނީ ބުނެފައެވެ.
މަޑު ނޫކުލަ
ނޫކުލަ އަކީ ވަރަށް ހިތްގައިމު ކުލައެކެވެ. ނަމަވެސް މި ކުލައިގެ ބެޑްޝީޓަކި ނިދާ އެނދުގައި އެޅުމަށް ރަނގަޅު ކުލައެއް ނޫނެއެވެ. މި ކުލައިގެ ބެޑްޝީޓުގެ ސަބަބުން އުޑުގެ ސާފުކަން ހަދާންވާ ކަމަށާއި އެގޮތުން ރޭގަނޑުގެ އިހުސާސް ގެއްލޭ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ނޭވީ ބުލޫ ނުވަތަ ޑާކް ބުލޫ ކުލަވެސް ބޭނުން ކުރެވިދާނެއެވެ.
ރަތް
ނިދާ އެނދުގައި ބޭނުން ނުކުރުމަށް އިރުޝާދުދޭ އަނެއް ކުލައަކީ ރަތް ކުލައެވެ. އެކްސްޕާޓުން ބުނާގޮތުގައި މިކުލައަކީ އިރުގެ އައްޔާއި ވަރަށް އެއްގޮތް ކުލައެކެވެ. އެގޮތުން އޮރެންޖް ރީދޫ ފަދަ ކުލަތައް ވެސް ބޭނުން ނުކުރުމަށް ވަނީ އިރުޝާދު ދީފައެވެ.
މުށި ކުލަ
މުށި ކުލައަކީ ހިތާމަވެރި ކުލައެއް ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި ބޭނުންވާ އަރާމު ނިދި ލިބުމުގައި އުދަގޫތަކެއް މި ކުލައިގެ ސަބަބުން ކުރިމަތިވާ ކަމަށްވަނީ ބުނެފައެވެ. އެެހެން ކަމުން މުށި ކުލައިގެ ބެޑަޝީޓަކީ ނިދާ އެނދުގައި އެޅުން ކަމުދާ ކުލައެއް ނޫންކަމަށް ކަމުގެ މާހިރުން ބުނެއެވެ.
ކަޅު ކުލަ
ކަޅު ކުލައަކީ އެންމެންގެ މެދުގައިވެސް ވަރަށް އާންމު ގިނަބަޔަކަށް ކަމުދާ ކުލައެކެވެ. ނަމަވެސް ނިދާ އެނދުގެ ބެޑްޝީޓްގެ ކުލައަކަށް ކަޅު ކުލައަކީ އެންމެ ރަނގަޅު ޗޮއިސްއެއް ނޫނެވެ. ކަޅު ޝީޓްގެ ސަބަބުން ކޮޓަރިއަށް ހިތްގައި ކަމެއް ގެނެސްދިން ކަމުގައިވިޔަސް ނިދުމަށް އަރާމާއި ހިތްހަމަ ޖެހުން ގެނެސް ނުދޭ ކަމަށް މާހިރުން ވަނީ ބުނެފައެވެ.
ކޮންމެ މީހަކަށްވެސް ދިރިއުޅުމުގައި ބޭނުންވާ އަރާމު ނިދި ހޯދުމަށް މިފަދަ ކުދިކުދި ކަންކަމަށް ސަމާލުކަން ދިނުން މުހިންމެވެ.