ވަޒީފާގެ ބާޒާރަށް ޒުވާނުން ތަމްރީންކުރުމަށް އެމްޓީސީިސީން ކުރިއަށްގެންދާ "ހުނަވަރު" ޕްރޮގްރާމް 52 މީހުން ފުރިހަމަކޮށް، އެ މުވައްޒަފުންނަށް ކުންފުނިން ވަޒީފާ ދީފިއެވެ.
ހުނަވަރު ޕްރޮގްރާމަކީ އެމްޓީސީސީން ކުރިއަށްގެންދާ އިންޓަރންޝިޕް ޕްރޮގްރާމެކެވެ. އެމްޓީސީސީގެ ހުނަވަރު ޕްރޮގްރާމް ފަރުމާކޮށްފައިވަނީ 3 މަސް ދުވަހުގެ ތަމްރީން ފުރިހަމަކޮށް، ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ކަށަވަރުކޮށްދޭގޮތަށެވެ.
2021ވަނަ އަހަރު ފެށި މި ޕްރޮގްރާމް ފުރިހަމަކޮށް މިއަހަރު މިހާތަނަށް 52 މީހުންވަނީ އެމްޓީސީސީގެ ދާއިމީ ވަޒީފާއާ ގުޅިފައެވެ. ހުނަވަރުގެ މިޕްރޮގްރާމް އަމާޒުކުރީ ބަސް ޑްރައިވަރުން ތަމްރީންކޮށް ލައިސަންސް ނެގުމާއި، ކަނޑު އުޅަނދު މަރާމާތުކުރުމާއި އަދި އެމްޓީސީސީގެ ސައިޓްތަކަށް ބޭނުންވާ ސައިޓް ސުޕަވައިޒަރުން ތަމްރީންކުރުމަށެވެ.
A special ceremony was held today to award certificate of completion for the participants of Hunavaru Program. CEO @adamazim congratulated the 52 participants who completed the program and encouraged them to always work hard and make use of the trainings provided.#TeamMTCC pic.twitter.com/b6yFKe6yZq
— MTCC Plc (@MTCCPlc) June 27, 2022
މިޕްރޮގްރާމް ފުރިހަމަކޮށް އެމްޓީސީސީގެ ވަޒީފާއާ ގުޅުނު މުވައްޒަފުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމްއެވެ. އާޒިމް ވިދާޅުވީ މި ޕްރޮގްރާމްތަކަކީ ތަޖުރިބާ ލިބިފައިވާ ދިވެހި ޒުވާނުން ވަޒީފާތަކަށް ނެރުމަށް އެމްޓީސީސީން ވަރަށް ޚާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއްކަމަށެވެ. އެގޮތުން މިފަހަރުގެ ޕްރޮގްރާމް ފުރިހަމަކޮށް 4 އަންހެން މުވައްޒަފުން ބަސް ދުއްވުމުގެ ލައިސަންސް ހޯދާފައިވާކަން އާޒިމް ފާހަގަކުރެއްވިއެވެ.
އާޒިމް ވިދާޅުވީ މިފަދަ ޢަމަލީ މައިދާނާ ގުޅޭ މަސައްކަތްތައް ކުރުމަށް ގިނަ ޒުވާނުން ފަސްޖެހޭކަން ފާހަގަކުރެވުނުކަމަށެވެ. މިއީ ބަދަލުކުރަން ޖެހިފައިވާ ވިސްނުމެއް ކަމަށާއި، ކޮންމެ މަސައްކަތަކީވެސް ރީތި މަސައްކަތެއްގެ ގޮތުގައި ދެކިގެން، ކެރިގެން މައިދާނަށް ނިކުންނަން ޖެހޭކަމަށް އާޒިމް ވިދާޅުވިއެވެ.
ހުނަވަރު ޕްރޮގްރާމްގައި ތަމްރީންވަމުންދާއިރު، 5000 ރުފިޔާގެ އެލަވަންސެއްވެސްދެއެވެ. މިއީ 3 މަހުގެ ޕްރޮގްރާމްތަކެކެވެ. 2012ވަނަ އަހަރު ހުނަވަރު ޕްރޮގްރާމް 17 މީހުން ފުރިހަމަކުރިއެވެ. މިއަހަރުގެ މިހާތަނަށް މި ޕްރޮގްރާމް 52 މުވައްޒަފުން ފުރިހަމަކޮށްފައިވާއިރު، އިތުރު 32 ބައިވެރިން ތަމްރީން ކުރުން ކުރިއަށްދެއެވެ.
ކޮމެންޓު ފޮނުވާ