ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް، ބަންގްލަދޭޝްގެ ސަފީރުކަމުގައި ކުރިންހުންނެވި ޢާއިޝަތު ޝާން ޝާކިރު ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރައްވައިފިއެވެ.
ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް އައިޝަތު ޝާން އައްޔަންކުރައްވާފައިމިވަނީ ކުރިން އެމަޤާމުގައި ހުންނެވި އިބްރާހީމް ޝަހީބް ސިންގަޕޫރަށް ކަނޑައަޅުއްވާ ސަފީރުކަމުގެ މަޤާމަށް އައްއޔަނުކުރެއްވުމާއި ގުޅިގެންނެވެ.
ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް އައްޔަންކުރެއްވި އައިޝަތު ޝާން މިހާތަނަށްހުންނެވީ ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ. އަދި އެ ކަމަނާ މީގެ ކުރިން ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމާއި، މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަޤާމާއި، ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރގެ މަޤާމުގެ އިތުރުން ވެސް، އެ މިނިސްޓްރީގެ އެހެނިހެން އިސް މަޤާމުތައް ފުރުއްވާފައެވެ.
މިއީ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް އަންހެން ބޭފުޅަކު އައްޔަންކުރެއްވި ފުރަތަމަފަހަރެވެ.
ކޮމެންޓު ފޮނުވާ