ދުވަސް އެމްވީ ނަމަކަށް ކިހާ ނޫހުގެ މައްސަލަ ޕޮލިހަށް ހުށަހެޅުއްވުމަށް ފަލާހު އޭނާގެ ގާނޫނީ ވަކިލާއެކީ އިއްޔެ ޕޮލިހަށް ވަަޑައިގަންނަވަނީ

ދޮގު މައުލޫމާތު ފެތުރި ނޫހުގެ މައްސަލަ ފަލާހު ޕޮލިހަށް ހުށހަޅުއްވައިފި

ދޮގު މައުލޫމާތު ފެތުރި ނޫހުގެ މައްސަލަ ފަލާހު ޕޮލިހަށް ހުށހަޅުއްވައިފި

އެއްވެސް ހަގީގަތަކަށް ބެލުމެއް ނެތި، އޭނާ އެއްޖިންސުން ގުޅުން ހިންގާ ކަމަަށް ތުހުމަތުކޮށް ދޮގު ޚަބަރު ދުވަސް އެމްވީ ނަމަކަށް ކިޔާ އޮންލައިން ނޫހުގައި މިއަދު ޝާއިއު ކުރުމާއި ގުޅިގެން އެނޫހާއި ދެކޮޅަށް، ރައްޔިތުންގެ މަޖިލިހުގެ އިގުރައިދޫ ދާއިރާގެ ކުރީމެ މެމްބަރު ޕޮލިހަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.

މިއަދު މެންދުރު މިމައްސަލަ ޕޮލިހަށް ހުށަހަޅުއްވުމަށްފަހު ޚަބަރު އޮންލައިނަށް މައުލޫމާތު ދެއްވަމުން ފަލާހު ވިދާޅުވި ގޮތުގައި ދުވަސް އެމްވީ ނަމަކަށް ކިޔާ އޮންލައިން ނޫހަކުން އޭނާއާއި ގުޅޭގޮތުން ފަތުރާފައިވަނީ ހަގީގަތެއް ނެތް ދޮގު ވާހަކައެއް ކަމަށާއި، އަދި އެއްވެސް ހަގީގަތަކަށް ބެލުމެއްނެތި އެ ނޫހުގައި ޝާއިއުކުރި މިޚަބަރުގެ ސަބަބުން އޭނާގެ އާއިލާއަށާއި ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. އަދި އެއްވެސް ސަބަބެއް ނެތި މިނޫހުން އޭނާގެ އަބުރަށް އަރައިގަތް މައްސަލަ މިހާރު ޕޮލިހަށް ހުށަހަޅުއްވާފައިވާ ކަމުގައިވެސް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވި ގޮތުގައި އޭނާގެ އަބުރު ކަތިލުމަށް ދޮގު މައުލޫމާތު ފަތުރަމުން ދަނީ ޕީޕީއެމްގެ ބަޔަކު އަޑީގައި ތިބެގެން ކަމަށާއި، އެކަން އޭނާއަށް ކަށަވަރުވަނީ މި ދޮގު މައުލޫމާތު އެންމެ ފުރަތަމަ ފަތުރާފައިވަނީ އިންޑިއާ އައުޓު ކެމްޕޭން ހިންގާ ބައެއް ފަރާތްތަކުން ކަމުގައި ވާތީއެވެ.

އަޅުގަޑު މިހާރު ތައްޔާރު މިވަނީ މި ނޫހުން އަޅުގަޑުގެ އަބުރަށް އަރައިގަތް މައްސަލަ މާދަމާ ސިވިލް ކޯޓަށް ހުށަހެޅުމަށް.

ޚަބަރު އޮންލައިންއާއި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވެފައި ވެއެވެ.

ފަލާހު އިތުރަށް ވިދާޅުވެފައިވަނީ އޭނާ އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބުނެ، ދީނުގައި ނަހީ ކުރައްވާފައިވާ މި ނުބައި އަމަލަށް އޭނާ އަރައިގެންފައިވާކަމަށް ދުވަސް އެމްވީ ނަމަކަށް ކިޔާ ނޫހުގައި މި ދޮގު ޚަބަރު ޝާއިއު ކުރުމާއި ގުޅިގެން މިހާރު އޭނާ ފުރާނައަށްވެސް ނުރައްކާ ވެފައިވާ ކަމަށެވެ.

ފަލާހު ވިދާޅުވި ގޮތުގައި، އޭނާއާއި ގުޅޭގޮތުން މި ދޮގު ޚަބަރު ޝާއިއު ކޮށްފައިވަނީ، ސިޔާސީ ގޮތުން ދެކޮޅުވެރި ބަޔަކު އަޑީގައި ތިބެގެން އޭނާގެ އާއިލާއަށާއި ވިޔަފާރިއަށް ގެއްލުން ދިނުމުގެ މަގުސަދުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *