ކ. ގުރައިދޫގެ ގެސްޓްހައުސްއެއްގެ ތެރޭގައި ފަތުރުވެރިޔަކު މަރުވެފައި އޮއްވާ އިއްޔެ ފެނިއްޖެއެވެ.
ގުރައިދޫ ގެސްޓްހައުސްއެއް ތެރޭ ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިފައި ވަނީ އެ ކޮޓަރިން ކުނި ވަސް ދުވާތީ ބެލި ބެލުމުންނެވެ. މަރުވެފައިވާ އޮއްވާ ފެނުނީ އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 57 އަހަރުގެ އަންހެނެކެވެ. ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ ގެސްޓްހައުސްގެ ކޮޓަރިން ކުނި ވަސްދުވާތީ ކަމަށެވެ. ފެނުނުއިރު ހަށިގަނޑު އޮތީ ކުނިވާން ފަށައިފައެވެ.
ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، ރޭގެ ވަގުތެއްގައި ފަތުރުވެރިޔާގެ ހަށިގަނޑު ވަނީ މާލެއަށް ގެނެސްފައެވެ. މިގޮތަށް ރާއްޖޭގައި ނިޔާވާ ފަތުރުވެރިންގެ ހަށިގަނޑު ފޮނުވާލަނީ އެމީހުންގެ އާއިލާ ގާތަށް، އެމީހުންގެ ގައުމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓު ފޮނުވާ