ރާއްޖޭގެ ޓީވީގެ ކުރީގެ ނޫސްވެރިއާ ޢަބްދުﷲ ނަސީރު އިބްރާހީމްކަމަށް ބުނާ މީހަކު އެއް ޖިންސުން ގުޅުންހިންގާ ވީޑިއޯއެއް ޢާންމުވެއްޖެއެވެ.
އެ ވީޑިއޯގެ ސްކްރީންޝޮޓެއްވެސް ވަނީ ޓްވިޓާގައި ޢާންމުވެފައެވެ. ނަސީރު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯ ޢާންމުވުމާއެކު އޭނާ ވަނީ ޓުވީޓާ އެކައުންޓް ޑިލީޓް ކޮށްލާފައެވެ. ބައެއް މީހުން ތުހުމަތުކުރާގޮތުގައި ނަސީރަކީ ޖިންސީ ގުޅުން ހިންގާކަމަށް އެހެން ބައެއް މީހުންނަށް ތުހުމަތުކޮށް ޓްވީޓު ކޮށްފައިވާ މީހެކެވެ. އޭނާގެ މި ވީޑިއޯއާއި ފޮޓޯ ޢާންމުވުމުން ގިނަބަޔަކު ވަނީ ފާޑުކިޔަން ފަށާފައެވެ.
ނަސީރާއެކު އެއްޖިންސުން ގުޅުން ހިންގަން އެހެން މީހަކު ހުންނަ ތަން ފެންނަ ނަމަވެސް އެމީހެއްގެ މޫނެއް، އާންމު ވެފައިވާ ވީޑިއޯގައި ފެންނާކަށް ނުހުރެއެވެ.
ނޫސްވެރިޔާ ނަސީރު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯއެއް ޢާންމުވެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ޤާނޫނީ ވަކީލް ނާޒިމް ސައްޠާރު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯއެއް އާންމުވެ ގިނަބައެއްގެ ފާޑުކިޔުންވެސް އަމާޒުވެފައިވަނިކޮށެވެ. އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު ފުލުހުން އަންނަނީ އެ މައްސަލ ތަހްގީގު ކުރަމުންނެވެ.
މީގެ އިތުރުނ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ޙުސައިން) އަންހެނަކާއި ފިރިހެނަކާއެކު ބަރަހަނާ ހާލުގައިވާ ކަމަށް ބުނާ ފޮޓޯއެއްވެސް ވަނީ ޢާންމުވެފައެވެ. ފުލުހުން ބުނެފައިވަނީ އެ މައްސަލަވެސް ބަލަމުން އަންނަކަމަށެވެ.
ކޮމެންޓު ފޮނުވާ