ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި މަޝްހޫރު ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެ، ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ނާޒިމް ޓްވިޓާ އެކައުންޓް ޑީއެކްޓިވޭޓް ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި މަޝްހޫރު ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވުމާއި ގުޅިގެން އޭނާގެ މައްޗަށް ފުލުހުންގެ ބޮޑު ޖިނާއީ ތަހުގީގެއް ފަށައި، އޭނާ ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
ބަދުއަހުލާގީ ވީޑިއޯގެ މައްސަލައިގައި ރޭ ނާޒިމް ވަނީ ފުލުހުންގެ މައި އިދާރާއަށް ހާޒިރުކޮށް ބަޔާނެއް ނަގައިފައެވެ. ނަމަވެސް އޭނާ ވަނީ ފުލުސް އޮފީހުން ނިކުތް ގޮތަށް އަވަސް އަވަހަށް ކާރަށް އަރައިގެން އެސަރަހައްދު ދޫކޮށް ގޮސްފައެވެ.
މިމައްސަލަ ފުލުހުން ތަހުގީގް ކުރަމުންދާއިރު، އޭނާގެ ޕާސްޕޯޓް ވަނީ މިހާރު ހިފަހައްޓަފައެވެ. ފުލުުން ވަނީ ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް އެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ހިނގަމުންދާ ކަމަށް ބުނެފައިވެ. ނަމަވެސް އަދި މިހާތަނަށް ފުލުހުންގެ މިތަހުގީގާއި ގުޅޭ މާބޮޑު ތަފްސީލެއް ދީފައި ނުވެއެވެ.
ނާޒިމް ކަމަށް ބެލެވޭ މީހަކާ އެކު އެއްޖިންސުން ގުޅުން ހިންގަމުން ދަނީ ބިދޭސީއެއް ކަމަށާއި އޭނާއާ އެކު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ އިސް އެހެން ބައެއް ބޭފުޅުންވެސް އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ