ޑރ.އިޔާޟް ރައީސް ޞާލިހަށް: މަނިކުފާނަށް އަޅުގަނޑުމެންކުރާ އުއްމީދުތައް ފެނަށް ދިޔަނުދެއްވާ!

ޑރ.އިޔާޟް ރައީސް ޞާލިހަށް: މަނިކުފާނަށް އަޅުގަނޑުމެންކުރާ އުއްމީދުތައް ފެނަށް ދިޔަނުދެއްވާ!

Author
މުޙައްމަދު ޖިމީ
25 ޖޫން 2022 10:33
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއިމެދު ކުރާ އުއްމީދުތައް ފެނަށް ދިޔަނުދެއްވުމަށް އެމަނިކުފާނުގެ އަރިހުގައި ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަތީފް އެދިވަޑައިގެންފިއެވެ.

ޑރ.އިޔާޟްއަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ތަޢީދުކޮށް ޓްވީތްކުރައްވާ ބޭފުޅެކެވެ. އެގޮތުން ރައީސް ޞާލިޙަކީ މައުސޫމް ބޭފުޅެއްކަމަށްވެސް ވިދާލުވެ އެމަނިކުފާނުގެ ސިޔާސަތުތަކަށްތާއީދުކޮށް ވާހަކަފުޅު ދައްކަވައެވެ.

މިގޮތުން ސަރުކާރުގައި ހިމެނޭ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި، ސިޔާސީ ބައެއް ފަރާތްތަކާއި ގުޅުންހުރި ބޭފުޅުންގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ލީކުވެ ސަރުކާރަށް އަމާޒުވެފައިވާ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. މި ދަނޑިވަޅުގައި ޑރ.އިޔާޟް ކުރެއްވި ޓްވީތްގައި ވިދާޅުވީ، “ބޮޑުންނަށް މޮޅުގޮތް, ނިކަމެތިންނަށް ދެރަގޮތް” މި އުޞޫލު ބަދަލުކޮށްގެން މެނުވީ މުޖްތަމަޢުގެ ހަމަޖެހުމެއް ދުވަހަކުވެސް ނާންނާނެކަމަށެވެ. ޑރ.އިޔާޟް ވަނީ ރައީސް ޞާލިހު ކިބައި، އެމަނިކްފާނާއި މެދު ކުރާ އުއްމީދުތައް ފެނަށް ދިޔަނުދެއްވުމަށް އެދިވަޑައިގެންފައެވެ.

ދާދިފަހުން ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ދީނީ ޢިލްމުވެރިން ހައްޔަރުކުރުމާއި، މިހާރު ލީކްވެފައިވާ ސަރުކާރުގެ ބައެއް އިސްވެރިންނާއި އެމީހުންގެ ގުޅުންހުރި ފަރާތްތަކުގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯތަކުގެ ސަބަބުން ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އިޔާޟް ވިދާޅުވީ، ފާޙީޝް ޢަމަލު ހިންގަނިކޮށް ވިޑީއޯ އަކުން ފެންނަފެނުމުގެ މައްޗަށް ޝަރްޢީގޮތުން އެމީހެއްގެ މައްޗަށް ޙައްދު ގާއިމް ނުކުރެވޭނެކަމަށާއި، ނަމަވެސް މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެފަދަ މީހުންގެ މައްޗަށް ތަޢްޒީރީ އަދަބު ދިނުމުގެ ބާރު ޙާކިމާ އަށް ލިބިގެންވާކަމަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަންފަ
ފެންނަ ފެނުމުގެ މައްޗަށް ޝަރީޢަތް ހިންގިދާނެ ނޫންބާ . ސާބިތުވެއްޖެ ނަމަ ހުކުމްވެސް ކުރެވޭނެތާ. ފާޙިޝް އަމަލް ކުރާމީހުން ދިފާޢު ކުރަން މަސައކަތް ކުރާހެން ހީވަނީ
އ އ ސައީދު
މައިންބަފައިން ކުރިކަމުގައިވިޔަސް ދަރިން ކުރިކަމުގައިވިސް ކުއްވާނީ ކުށަށް އެބަޔަކަށް ހައްޤު އަދަބު ލިބެންޖެހޭ