ޔޯގާ ހަމަނުޖެހުމާއި ގުޅިގެން އިތުރު 3 މީހަކު ހައްޔަރުކޮށްފި

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން އިތުރު 3 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
24 ޖޫން 2022 07:13
0

މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ހެދުނު ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިތިން މީހުންގެ ތެރެއިން ދެމީހަކު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަނެއް މީހާ ހައްޔަރު ކޮށްފައިވަނީ މިއަދުގެ ވަގުތެއްކަމަށެވެ. މިމީހުންގެ ވަނަވަރު ފުލުހުން އަދި ހާމަނުކުރެއެވެ. މިތިން މީހުންނާއި، މިމައްސަލާގައި ހައްޔަރު ކުރި މީހުންގެ އަދަދު ވަނީ 15 އަށް އަރާފައެވެ. މީގެ ކުރިން ހައްޔަރު ކުރި 12 މީހުންނަށްވެސް ކޯޓުން ވަނީ ބަންދުގައި ބޭތިއްބުމަށް މުއްދަތު ކަނޑައަޅާފައެވެ.

މިހަމަނުޖެހުމާއި ގުޅިގެން ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދާއިރު، މިހާތަނަށް ހައްޔަރު ކުރި މީހުންގެ ތެރޭގައި އިދިކޮޅު ޕީޕީއެމްގެ އިސްސަފުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުންނާއި، ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންވެސް ހިމެނެއެވެ. މިހަމަނުޖެހުންތަކާއި ގުޅިގެން ސަރުކާރުންވަނީ ދިވެހިރާއްޖޭގެ ޚާރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ނިންމާފައެވެ.

މިހާދިސާއާ ގުޅޭ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ އެއްކުރުމަށް އޮންލައިން ޕޯޓަލްއެއް ފުލުހުން ވަނީ ގާއިމްކޮށްފައެވެ. އަދި އެ ޕޯޓަލްއަށް މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ހިއްސާކުރާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.