ޝައިހް ނިޝާންއާ ފަޒްލޫނަށް މުއްދަތު ޖެހުން ލަސްވީ ގާޒީ ތަނާޒުލް ވުމުން

ޝައިހް ނިޝާންއާ ފަޒްލޫނަށް މުއްދަތު ޖެހުން ލަސްވީ ގާޒީ ތަނާޒުލް ވުމުން

Author
މުޙައްމަދު ޝަޒައިމް
23 ޖޫން 2022 09:59
0

އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް އާއި އައްޝައިހް ފަޒްލޫން މުހައްމަދުގެ ބަންދުމުގެ މުއްދަތު ޖެހުމަށް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުން ލަސްވެގެންދިޔައީ މުއްދަތު ޖެހުމަށް އިންނެވި ޤާޞީ ތަނާޒުލުވުމުން ކަމަށް އެނގިއްޖެއެވެ.

ކްރިމިނަލް ކޯޓުގައި މުއްދަތު ޖެހުމަށް ކޮންމެ ދުވަހަކުވެސް ވަކި ޤާޞީއަކު ކަނޑައަޅައެވެ. ޔޯގާ މައްސަލާގައި ރޭ ހައްޔަރު ކުރި މީހުންނަށް މުއްދަތު ޖެހުމަށް މިއަދު ހެނދުނު 9 އިން ފެށިގެން މަސައްކަތް ކުރި ނަމަވެސް މުއްދަތު ޖެހުމަށް މިއަދު އިންނެވި ޤާޞީ ވަނީ ދެ ޝައިޚުންނަށް މުއްދަތު ޖެހުމާއި ހަމައަށް ދިއުމުން ތަނާޒުލްވެފައެވެ.

ޤާޞީ ތަނާޒުލްވުމުން، ގިނަ އިރުތަކަކަށްފަހު، މުއްދަތު ޖަހާފައިވަނީ މިއަދު ހަވީރު 4 ޖަހާކަން ހާއިރުއެވެ. ދެ ޝައިޚުންނަށް މުއްދަތު ޖެހީ ދެ ޤާޞީއެކެވެ.

އިއްޔެ ހައްޔަރު ކޮށްފައި ވަނީ ހއ. ހޯރަފުށި/ ޔާގޫތުގެ، މުހައްމަދު އިސްމާއީލް (48އ) އާއި ސ. ހިތަދޫ/ އޯކިޑްވިލާ، އިބްރާހިމް ރައްޒާން (32އ) އާއި ލ. މާމެންދޫ/ ސޯސަންވިލާ، އާދަމް ނިޝާން (38އ) އާއި ގއ. މާމެންދޫ / އަސްރަފީވިލާ، އަހްމަދު ނަސޫހް (26އ) އާއި ތ. ތިމަރަފުށި،/ ނަރުގިސްވިލާ، އަބްދުﷲ ރިފާއު (31އ) އަދި ށ. މިލަންދޫ/ ނާޒް، ފަޒުލޫން މުހައްމަދު (33އ) އެވެ.

އެމީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އަހްމަދު ނަސޫހް އާއި އަބްދުﷲ ރިފާއުއެވެ. މުހައްމަދު އިސްމާއީލް އާއި އިބްރާހިމް ރައްޒާން އަށް ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ. މި މައްސަލާގައި މިހާތަނަށް 12 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.