ބަރަކާތްތެރިކަން އެންމެ ބޮޑު ދިހަ ދުވަހަކީ ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސްކަމުގައި މިއަދު ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމުގެ މައްޗަށް ޚާއްސަ ކުރެވިގެންދިޔަ ހުކުރު ޚުތުބާގައި މިއަދު ވިދާޅުވެފައިވަނީ، ހައްޖުމަހުގެ ފުރަތަމަ ދިޔަ ދުވަހުގެ މާތްކަމުގެ ތެރޭގައި، މާތްﷲ މިމަތިވެރި އިސްލާމްދީން ފުރިހަމަ ކޮށްދެއްވުން ހިމެނޭ ކަމުގައެވެ. ހުކުރު ޚުތުބާގައި ބަޔާން ކޮށްފައިވާ ގޮތުގައި އިސްމާދީން ފުރިހަމަ ވެގެން ދިއުމުގެ ސަބަބުން މިދީނުގެ އަހުލުވެރިންނަށް ފުރިހަމަކަން ލިބިގެން ގޮސްފައިވާ ކަމުގައެވެ. އަދި އޭގެ ސަބަބުން އެމީހުން ކުރަމުންދާ އަމަލުތަކަށް ސަވާބު ލިބޭ ކަމަށާއި، އެމީހުންގެ ހަޔާތް އަމާންކަމާއި، ރައްކައުތެރިކަން ލިބިފައިވާ ހެޔޮލަފާ ހަޔާތަަކަށް ވެގެން ދާކަމުގައެވެ.
އަދި މީގެ އިތުރުން، އިސްލާމް ދީން ފުރިހަމަ ވުމުގެ ސަބަބުން މުސްލިމުންނަށް އެންމެ ސީދާ ތެދުމަގު އެނގި އެމަގަށް ތަބާވެގެން ތިބުމުގެ ނަސީބު ލިބިފައިވާ ކަމާއި، މާތް ނަބިއްޔާ މިދުނިޔެ ދޫކުރެއްވީ އެންމެހާ މުސްލިމުންނަށް މި ދީން ފޯރު ކޮށްދެއްވާ، ސާފު އާމާން މަގެއްގެ މައްޗަށް އެމީހުން ނެރުއްވާފައި ކަންވެސް މިއަދު ހުކުރު ޚުތުބާގައި ބަޔާން ކުރައްވާފައި ވެއެވެ.
ޚުތުބާގައި ވިދާޅުވެފައިވާ ގޮތުގައި މިދުވަސްތަކުގައި ކުރަން އޮތް ސާލިހު އަމަލްތަކުގެ ތެރޭގައި ރޯދަ ހިފުން ހިމެނެއެވެ. އެހެންކަމުން މާތްﷲ އަށް ތަގުވާވެރިވެ މިދުވަސްތަކުގައި ހެޔޮ އަމަލުތައް ގިނަ ކުރުމަށް ޚުތުބާގައި ގޮވާލައްވާފައި ވެއެވެ.
ހައްޖުމަހުގެ ދިހަ ދުވަހުގެ މާތްކަމާއި މަތިވެރިކަން ގިނަ ގުނަކަމަށާއި މުސްލިމުންނަށް މާތްﷲ ދެއްވާ ފުރުސަތުތަކުގެ ބޭނުން ރަގަޅަށް ހިފާ ބަޔަކު ކަމުގައި ވުމަށް ޚުތުބާގައި ނަސޭހަތްތެރި ވެފައި ވެއެވެ.
އަދި މި 10 ދުވަހުގެ ތެރޭގައި ކުރުން އިތުރުވެގެންވާ ހެޔޮ އަމަލުތަކުގެ ތެރޭގައި ﷲއަށް ޒިކުރު ކުރުން ހިމެނޭ ކަމަށާއި، ﷲ ތައާލާގެ ހަޒުރަތުގައި އެންމެ ލޮބިވެތިކަން ބޮޑު އަމަލަކީ ޒިކުރުމުން ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅު ވެފައިވެއެވެ.
އެއީ މުއުމިން އަޅާގެ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރެވެ. އަދި އެއީ ދުނިޔެއާއި އާޚިރަތުގައި އެކަމުގެ ސަބަބުން ނަޖާވުން ލިބޭނެ ކަމެކެެވެ.
ޚުތުބާގައި ވިދާޅުވެފައި ވެއެވެ.