ޔުނިވާސަލްގެ އެއް ޑިރެކްޓަރު މާހިރު އަވަހާރަވެއްޖެ

ޔުނިވާސަލްގެ އެއް ޑިރެކްޓަރު މާހިރު އަވަހާރަވެއްޖެ

Author
މުޙައްމަދު ޝަޒައިމް
22 ޖޫން 2022 01:57
0

ޔުނިވާސަލް އެންޓަޕްރައިޒަސްގެ އެއް ހިއްސާދާރު މުހައްމަދު މާހިރު (މުހައްމައިދީ) މިއަދު އަވަހާރަވެއްޖެއެވެ.

އޭނާ އަވަހަރާވީ އާލާސްކަންފުޅަކަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އެނގިފައިވާ ގޮތުގައި މުހައްމައިދީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

މާހިރު އަވަހާރަ ވުމާއި ގުޅިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދު މާހިރަކީ ދިވެހި ރާއްޖެއަށް ވިޔަފާރީގެ ދާއިރާއިން ޚާއްސަކޮށް ޓުވަރިޒަމްގެ ދައިރާގެ ވިޔަފާރި ތަރައްޤީކޮށް ކުރިއެރުވުމަށް އަގު ނުކުރެވޭ ފަދަ ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށެވެ.

އުމުރުން 60 އަހަރުގެ އަހަރުތައް ގުނަމުންދާ މުހައްމައިދީ އަކީ އިސްމާއިލް ނޫރައްދީނާއި މަރިޔަމް ނޫރައްދީނާއި އައިޝަތު ނޫރައްދީން އަދި ހަދީޖާ ނޫރައްދީނާ އެއްބަނޑު ބޭފުޅެކެވެ. މުހައްމައިދީގެ ބައްޕާފުޅަކީ އަބްދުލް މަޖީދު މާހިރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.