ލިފްޓު ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މީހާ ހޯދަނީ

ލިފްޓު ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މީހާ ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
22 ޖޫން 2022 09:13
0

ފުލުހުންގެ ތަހުގީގަށް މީހަކު ހޯދުމަށް އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ވީޑިއޯއާއިއެކު އާއްމުކޮށް ހޯދަން އިއުލާންކުރި މީހާއަކީ ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ފެމިލީ އެންޑް ޖެންޑަރ އެފެއަރޒް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެއް ކަމަށް ވިދާޅުވިއެވެ.

ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފެމިލީ އެންޑް ޖެންޑަރ އެފެއަރޒް ޑިޕާޓްމަންޓްގެ ނަންބަރު 9790163 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މިމީހާ ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިފައިވާއިރު، ހެންވޭރު ގެއެއްގައި އުޅެމުންދާ އަންހެނަކު އެގޭ ލިފްޓަށް އެރި ވަގުތު ލިފްޓަށް އެރި ފިރިހެނަކު އަންހެން މީހާއަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ. ފުލުހުން މިއަދު ހޯދަން އިއުލާން ކޮށްފައިވަނީ މިމީހާ ހޯދުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.