ށ.ފޯކައިދޫގައި ޒަމާންވީ ބަނދަރެއް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 12 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ހަމަކޮށްފިއެވެ.
ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު މޮބިލައިޒް ކުރެވިފައިވާ މިމަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 20 ޕަސެންޓް މަސައްކަތްވެސް ނިމފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 12 ޕަސެންޓް ނިމިއްޖެ. މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 20 ޕަސެންޓް ވަނީ ނިމިފައި. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 17 ސެޕްޓެމްބަރ 2020 ގައި. pic.twitter.com/tM2ZBLL7SS
— MTCC Plc (@MTCCPlc) November 15, 2020
ފޯކައިދޫގައި އަލަށް ތަރައްޤީކުރާ ބަނދަރަކީ 464މީޓަރުގެ ބަނދަރެކެވެ. މި މަޝްރޫޢުގެދަށުން ބަނދަރު ފުންކުރުމާއި، 507މީޓރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓްޖެހުން ހިނެމެއެވެ.
ފޯކައިދޫ ބަނދަރު ރަތަރައްޤީކުރަނީ ޒަމާނީ ބަނދަރެއްގެ ގޮތުގައެވެ. އެގޮތުން ބަނދަރުގެ 2320 އަކަމީޓަރުގެ ސަރަޙައްދުގައި ޕޭވްމަންޓް ހެދުމާއި ނެރުބައްތިއާއި މަގުބައްތިޖެހުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށްގެންދާނެއެވެ.
ފޯކައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މިދިޔައަހަރުގެ ޑިސެމްބަރުމަހުއެވެ. މި ޕްރޮޖެކްޓަކީ ސަރުކާރުން 55.97މިލިއަން ރުފިޔާ ޚަރަދުކޮށްގެ ކުރިއަށްގެންދިއުމަށް ނިންމާފައިވާ ޕްރޮޖެކްޓެކެވެ.
ކޮމެންޓު ފޮނުވާ