ގެއެއްގެ ލިފްޓު ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

ގެއެއްގެ ލިފްޓު ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

Author
މުޙައްމަދު ޝަޒައިމް
17 ޖޫން 2022 02:03
0

މާލޭގެ ގެއެއްގެ ލިފްޓު ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ ހެންވޭރު ގެއެއްގައި އުޅެމުންދާ އަންހެނަކު އެގޭ ލިފްޓަށް އެރި ވަގުތު ލިފްޓަށް އެރި ފިރިހެނަކު އަންހެން މީހާއަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިމަހުގެ 14 ވަނަ ދުވަހު ލުފުހުންނަށް ހުށަހަޅާފައިވަކަމަށެވެ.

ފުލުހުން މިކަން ހާމަކޮށްފައިވާއިރު، މާލޭގައި ސީރިއަލް ރޭޕިސްޓެއް އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ އޭނާގެ ވީޑިއޯވެސް ދައުރުވަމުންނެވެ. ނަމަވެސް މޫނު ނިވާކޮށްގެން ހުރުމުން އެއީ ކާކުކަން ސާފެއް ނުވެއެވެ.

މިމައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.