ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރެންޓްގެ ވެއިޓަރަކަށް ހަމަލާދީ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޕާކިސްތަނު މީހާގެ މައްޗަށް ދަޢުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ހާންޖީ ރެސްޓޯރެންޓްގައި ތޫނު އެއްޗަކަން ބަންގްލަދޭޝްގެ ވެއިޓަރަކަށް ހަަމަލާދިނުމަށްފަހު، އެ ރެސްޓޯރަންޓްގެ ކައްކާއަކަށް މަސައްކަތްކުރާ ޕާކިސްތާނު މިހާ ވަނީ ފިލާފައެވެ. ވެޓަރަށް ހަމަލާދީ މަރާލީ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދެވެ. އޭނާ ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަތިރިމަތި ސަރަހައްދުންނެވެ.
ޕީޖީ އޮފީހުން ވިދާޅުވީ މިމައްސަލާގައި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
ހުޅުމާލޭ ނިރޮޅުމަގުގެ 19 ވަނަ ގޯޅީގައި ހުންނަ ހާންޖީ ރެސްޓޯރެންޓް ތެރޭ ހިނގި މި ހާދިސާގައި ވަޅިޔަކުން ހަމަލާދިނުމުގެ ސަބަބުން މަރުވެފައިވަނީ އެ ތަނުގައި ވެއިޓަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ ބަންގްލަދޭޝް ރައްޔިތެކެވެ. އޭނާ މަރުވީ ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައިކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ރެސްޓޯރަންޓް ތެރޭގައި ހިނގި ދެ ބަސްވުމެއްގެ ޕާކިސްތާނު ކައްކާ ބަންގްލަދޭޝް މީހާ ހަށިގަނޑުގެ ތިން ތަނަކަށް ވަޅިން ހަމަލާދީފައިވާކަމަށް މަންޒަރު ދުށް ބައެއް މީހުން ވަނީ ބުނެފައެވެ. އަދި މި ދެ މީހުންގެ މެދުގައި މީގެކުރިންވެސް ބައެއް ދެބަސްވުންތައް ހިނގާފައިވާކަމަށް އެތަނުގައި މަސައްކަތް ކުރާ ބައެއް މީހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ