އިޤްތިޞާދަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އަސާސެއްނެތް ވާހަކަ ދެއްކުން: ފައްޔާޒު

އިޤްތިޞާދަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އަސާސެއްނެތް ވާހަކަ ދެއްކުން: ފައްޔާޒު

Author
މުޙައްމަދު ޝަޒައިމް
13 ޖޫން 2022 01:12
0

ރާއްޖޭގެ އިޤްތިޞާދަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ އިޤްތިޞާދާއި ގުޅޭގޮތުން އެއްވެސް ހަގީގަތެއްނެތި ދައްކަމުންދާ އަސާސެއްނެތް ވާހަކަތައް ކަމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ދަރަނި އަދި ދަރަނި މެނޭޖް ކުރުމަށް ކުރައްވަމުންދާ ގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު މިހާރު ދައްކާ ގޮތުން ދަރަނި ނުދެއްކޭ ހާލަތެއް ނެތް ކަމަށެވެ. ސަރުކާރުން ކަންކަން މެނޭޖް ކުރަމުންދަނީ ކަންކަން އެގި ދުރާލާއި އަޅަންޖެހޭ ފިޔަވަޅު އަޅަމުންކަަށް ފައްޔާޟު ވިދާޅުވިއެވެ.

ދައުލަތުގެ ދަރަނި ދެއްކުމަށްވެސް އަދި އިޤްތިޞާދަށްވެސް އެންމެބޮޑު ގޮންޖެހުމެއް ކުރިމަތިވީ ކޯވިޑްގެ ތެރޭގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާލަތުގައިވެސް ރާއްޖޭގެ މާލީ ހާލަތު ބަލަހައްޓާފައިވާ އެއްވެސް ކަމަކަށް ދަތި ނުވާނޭހެން ވަރަށް ހަރުދަނާ ކަމާއިއެކުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހަގީގަތުގައި މިހާލަތުގައި އަޅުގަނޑުމެންނަށް ދަރަނި ދެއްކުމުގެ އެއްވެސް ދައްޗެއް ނެތް. ގޮންޖެން އެބަހުރި. އެކަންކަން އަޅުގަނޑުމެންވެސް ގަބޫލު ކުރަން. ނަމަވެސް މިހާރު އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިޤްތިޞާދާއި ގުޅޭގޮތުން މިދައްކާ އަސާސެއްނެތް ވާހަކަ. މިއީ އަޅުގަނޑުމެންގެ އިޤްތިޞާދަށް އޮތް އެންމެ ބޮޑު ގޮންޖެހުން.

– ފައްޔާޟު ވިދާޅުވިއެވެ.

އަސާސެއްނެތް ވާހަކަ ދައުލަތުގެ މާލިއްޔަތާއި ގުޅޭގޮތުން ދެއްކުމުގެ ސަބަބުން ރާއްޖެއަށް އިންވެސްޓް ކުރަން ބޭނުންވާ މީހުންގެ ޝައުގުވެރިކަން ގެއްލި އިތުބާރު ކުޑަވާކަމަށް ފައްޔާޟު ވިދާޅުވިއެވެ. ރާއްޖޭގެ ރިޒާވް ހުސްވެދާނެކަަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވައި މިނިސްޓަރ އަމީރު ވިދާޅުވީ ފިޝަލް ރިޒާވުގައި 807 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ. އަދި 2009ވަނަ އަހަރު ރިޒާވްގައި ހުރީ 753 މިލިއަން ޑޮލަރު ކަމަށާ، އެހެންވީމާ ރިޒާވު އެއްވަރެއްގައި ހިފެއްޓިފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.