ސްރީލަންކާއަށް އެތެރެ ނުކުރެވިހުރި ރާއްޖޭގެ މަހުގެ ޝިޕްމަންޓް އެތެރެކޮށްފި

ސްރީލަންކާއަށް އެތެރެ ނުކުރެވިހުރި ރާއްޖޭގެ މަހުގެ ޝިޕްމަންޓް އެތެރެކޮށްފި

Author
މުޙައްމަދު ޖިމީ
14 ނޮވެމްބަރ 2020 05:32
0

ސްރީލަންކާ ސަރުކާރުން އެޤައުމަށް މަސް އެތެރެކުރު ުގެ ސިޔާސަތަށް ގެނައި ބަލާއެކު އެޤައުމަށް އެތެރެނުކުރެވި ކަސްޓަމްސްގައި ތާށިވެފައިހުރި ރާއްޖޭގެ މަހުގެ ޝިޕްމަންޓް އެޤައުމަށް އެތެރެކޮށްފިއެވެ.

ސްރީލަންކާގެ ކަސްޓަމްސްގައި ހުރި ރާއްޖޭގެ މަހުގެ ޝިޕްމަންޓް އެތެރެކުރުމުގެ ހުއްދަ ލިބިފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ސްރީލަންކާ ސަރުކާރުގެ އިސްބޭފުޅުންނާއެކު ބޭއްވެވި މަޝްވަރާތަކަށްފަހުއެވެ. ރާއްޖޭގެ ކަނޑުމަސް އެއްވެސް ދައްޗެއްނެތި ސްރީލަންކާއަށް އެތެރެކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރ ސްރީލަންކާ ސަރުކާރާއެކު އަންނަނީ މަޝްވަރާކުރަމުންނެވެ. އަދި ސްރީލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރްދެނާ އާއި އެގައުމުގެ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަޖިތު ނިވާދު ކަބްރާލްއާއެކު ކުރެވުނު މަޝްވަރާއާއެކު އެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ދިވެހިރާއްޖޭގެ ކަނޑު މަހުގެ ބާވަތްތައް އެއްވެސް ހުރަހެއް ނެތި ސްރީލަންކާއަށް އެތެރެކުރެވޭނެ ކަމަށް ލަންކާ ސަރުކާރުން ދެއްވާފައިވާ ޔަގީންކަމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.

ރާއްޖެއިން އެތެރެކުރާ މަހުން ނަގާ ޑިޔުޓީ އެ ގައުމުން ވަނީ ބޮޑުކޮށްފައެވެ. ލަންކާގެ ފިޝަރީޒް މިނިސްޓްރީން ބުނީ އެ ގައުމަށް ބޭރުން އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިޔުޓީ ބޮޑުކުރަން ނިންމާފައިވަނީ އެގައުމުގެ މަސްވެރިކަމުގެ ސިނާއަތަށް އިތުރު ރައްކާތެރިކަމެއް ފޯރުކޮށްދިނުމަށް ކަމަށެވެ. މިގޮތުން، ރާއްޖޭން އެތެރެކުރާ މަހަށް ކިލޯއަކުން ނަގާ ޑިޔުޓީ ވަނީ 302 ލަންކާ ރުޕީސްއަށް ބޮޑުކޮށްފައި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.