"އިންޑިއާ ސަފީރު ހާޒިރުކޮށް، ދިވެހި ރައްޔިތުންނާއި އިސްލާމީ އުންމަތުގެ ކިބައިން މަޢާފަށް އެދެންޖެހޭ"

"އިންޑިއާ ސަފީރު ހާޒިރުކޮށް، ދިވެހި ރައްޔިތުންނާއި އިސްލާމީ އުންމަތުގެ ކިބައިން މަޢާފަށް އެދެންޖެހޭ"

Author
މުޙައްމަދު ޝަޒައިމް
07 ޖޫން 2022 04:19
0

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސް ދެ ބޭފުޅަކު ކީރިތި ގުރުއާނާއި މާތް ނަބިއްޔާ އަށް ފުރައްސަރަކުރި މައްސަލަ ކުށްވެެރިކޮށް، އިންޑިއާ އިން މުސްލިމުންގެ ކިބައިން މާފަށް އެދުމަށް މާލެ އަތޮޅު ކައުންސިލް އިދާރާއިން ގޮވާލައިފިއެވެ.

މިއީ ކައުންސިލަކުން މިމައްސަލާގައި ރަސްމީކޮށް ބަޔާނެއް ނެރުނު ފުރަތަމަ ފަހަރެވެ. މިބަޔާނުގައި މާތް ރަސޫލާއަށް އިހާނެތި ބަސްތައް ރައްދުކޮށް އެމާތް ސާހިބާއަށް ފުރައްސާރަކުރިކުރުން ހަރުކަށި ޢިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ.

ދިވެހި ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށްވެފައި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ފުރަތަމަ މަސްދަރަކީ އިސްލާމްދީން ކަމުގައިވީހިނދު، މިމައްސަލަ ކުއްލި މައްސަލައެއްގެގޮތުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ މަޖިލީސް މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން މިމައްސަލަ އެމަޖިލީހުން ބޭރުކޮށްލުމަކީ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރަމުންދާއިރުވެސް އެކަމަށް ފަރުވާލެއްނެތި އެފަދަ ފަރާތްތަކަށް އިސްކަންދީ އެފަރާތްތަކުގެ ހިމާޔަތުގައި ތިބުންކަމާއި، ދިވެހި ދައުލަތުގެ އެންމެ އަސާސީ ބަހާ ކަމުގައިވާ މިލޮބުވެތި ދިވެހިރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދުނިޔަވީ މަޤްޞަދަކަށްޓަކައި ކަތިލުންކަމުގައިވީހިނދު، ރައްޔިތުންގެ މަޖިލީހުގެ މިދަށު ދަރަޖައިގެ އަމަލާއި މެދު ނުހަނު ކަންބޮޑުވެ ލަދުވެތިވާކަމަށް މިބަޔާނުގައި ވެއެވެ.

ދިވެހިރާއްޖެއަށް އިންޑިއާ އިން ކަނޑައަޅުއްވާފައިވާ ސަފީރު، މާތްނަބިއްޔާއަށް ފުރައްސާރަކުރި މިމައްސަލައިގައި ރާއްޖޭގެ ޚާރިޖީވުޒާރާ އަށް ޚާޟިރުނުކޮށް ލަސްވާ ލަސްވުމަކީ މިކައުންސިލާއި މިއަތޮޅުގެ ރައްޔިތުންގެ ނުހަނުބޮޑު ކަންބޮޑުވުމެއް. އެހެންކަމުން އިންޑިއާ ސަފީރު ޚާޟިރުކޮށް މިކަމުގައި ދިވެހި ރައްޔިތުންނާއި އިސްލާމީ އުންމަތުގެ ކިބައިން މަޢާފަށް އެދުމަށް ދެންނެވުމަށް ދިވެހި ޚާރިޖީވުޒާރާ އަށް ގޮވާލަން.

– މާލެ އަތޮޅު ކައުންސިލް ބަޔާނުގަވެއެވެ.

މާލެ އަތޮޅު ކައުންސިލުން ވަނީ އިސްލާމްދީން ފިޔަވައި އެހެން ހުރިހާ ދީންތަކަކީ ބާޠިލް ދީންތަކެއްކަމުގައިއާއި، މިއުންމަތުގެ ރަޙްމަތަކީ މާތްނަބިއްޔާ ކަން ވިސްނުމުގެ ހެޔޮ ތަޢުފީޤް، ރައްޔިތުންގެ މަޖީލީހަށް ހުށަހެޅުނު އެމައްސަލަ ބޭރުކޮށްލުމަށް ވޯޓްދެއްވި އެންމެހާ ފަރާތްތަކަށް ދެއްވުން އެދި ދުޢާކޮށްފައެވެ. އަދި މާތް ނަބިއްޔާ އިސްލާމީ އުންމަތަށް ގެންނެވި ޝަރީޢަތަކީ އެންމެފަހުގެ ރިސާލަތުކަމާއި، އެއްވެސް އުނިއިތުރުކަމެއްނައިސް މިޝަރީޢަތް ޤިޔާމަތާއި ހަމައަށް ދެމިއޮންނާނެކަން ޔަޤީންކުރެއްވުމަށް އެމައްސަލަ ބޭރުކުރުމަށް ވޯޓްދެއްވި މެންބަރުންނަށް ހަނދުމަފުޅުކޮށް އަރުވާ ކައުންސިލުން ވަނީ ނަސޭޙަތްތެރިވެފައެވެ.

އަދި މިއުނދަގޫ ދަނޑިވަޅުގައި، މާލެއަތޮޅު އަތޮޅު ކައުންސިލް މިއޮތީ އިސްލާމީ އުންމަތާއެކު ކީރިތި ރަސޫލާގެ ދިފާޢުގައި، އެފަދަ ޖަރީމާއެއް ހިންގަން ގަސްދުކޮށްފި މީހަކާއި އެކަމަށް ވާގިދިން ކޮންމެ ބަޔަކާ ދެކޮޅަށް ކީރިތި ރަސޫލާގެ ޙައްޤުގައި ތެދުވަންޖެހިއްޖެ ކޮންމެ ހާލަތެއްގައި އެކަމަށް ތައްޔާރަށްކަމުގައި ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢިއްބެ
ކުރީދައުރުހައިކުރެވުނުޚިޔާނާތަށްމަެާފއށްއެދެންގޮވައިނުލެއްވީކީއްވެތޯ