ކެންދޫ ފަތާ ސަރަހައްދު ހެދުމުގެ މަސައްކަތް ފަށައިފި

ކެންދޫ ފަތާ ސަރަހައްދު ހެދުމުގެ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޖިމީ
05 ޖޫން 2022 10:48
0

ބ.ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް އެރަށަށް ގެންގޮސްފިއެވެ.

އެ މަސައްކަތް ކުރާ އެމްޓީސީސީ އިން ބުނީ، ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިމަހުގެ 2 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ފަތާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތްކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގައި ރަށުގެ އެކި ސަރަހައްދުތައް ހިމެނޭ ގޮތަށް 803 މީޓަރުގެ ބޭރު ތޮށްޓެއްލާ، 80 މީޓަރުގެ ރިވެޓް މަންޓްއެއް ޖަހާނެއެވެ. އަދި 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ހިމެނޭކަމަށް އެމްޓީސީސީއިން ބުނެއެވެ. މީގެ އިތުރުން އެރަށުގައި ފަތާ ސަރައްދެއް ފުންކޮށް އެތަން ހިމާޔަތް ކުރުމުގެ މަސައްކަތް މިމަސްރޫއުގެ ދަށުން ކުރެވިގެން ދާނެކަމަށް އެކުންފުނިން ބުނެއެވެ.

ކެންދޫ ކައުސިންލުން ވިދާޅުވީ އެރަށަކީ ވަށައިގެން ގިރާރަށެއްކަމަށާއި އަދި ހުޅަނގު މޫސުމުގައި ރަށުގެ އުތުރު ފަރާތުގައި ހުންނަ ގެތަކަށް ލޮނުގެ އަސަރުކޮށް އުދަ އަރާ ދުވަސްތަކުގައި އެސަރަހައްދުން އެއްގަމަށް ލޮނު އަރާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.