ރައީސްގެ ޚާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕަށް ހުޅުވާލައިފި

ރައީސްގެ ޚާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕަށް ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
29 މެއި 2022 07:22
0

މަތީ ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް ލިބޭދަރިވަރުނަށާއި ހައި އެޗީވަރސް ސްކޮލަރޝިޕްލިބޭ ދަރިވަރުންނަށް ސްކޮލަރޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ސްކޫލް މަދްރަސާތަކުން މަތީ ސާނަވީ އިމްތިޙާނު ނިންމާ ދަރިވަރުންގެ ތެރެއިން ޖީ.ސީ.ސީ އޭ ލެވެލްގެ 3 މާއްދާއިންނާއި އެޗް.އެސް.ސީ ގެ ދިވެހި، އިސްލާމް މި ދެމާއްދާއިން "އޭ ސްޓަރ" ހާޞިލްކޮށްފައިވާ ނުވަތަ ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލް މަދަރުސާއަކުން ޝަހާދާސާނަވީ ނިންމައި ހުރިހާ މާއްދާއަކުން "އޭ ސްޓަރ" ހާޞިލުކޮށްފައިވާ ދަރިވަރުންނެވެ. މި ދަރިވަރުން ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސަވައި ދެއްވައެވެ.

ހައި އެޗީވަރސް ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ސްކޫލް މަދްރަސާތަކުން މަތީ ސާނަވީ އިމްތިޙާނު ނިންމާ ދަރިވަރުންގެ ތެރެއިން ޖީ.ސީ.ސީ އޭ ލެވެލްގެ 3 މާއްދާއިންނާއި އެޗް.އެސް.ސީ ގެ ދިވެހި، އިސްލާމް މި ދެމާއްދާއިން "އޭ" ފާސް ހާޞިލްކޮށްފައިވާ ދަރިވަރުންނެވެ.

މިއިން ކޮންމެ ދަރިވަރަކު އެ ދަރިވަރަކު ބޭނުން ދާއިރާއަކުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސައި ދެއްވައެވެ. މި ދަރިވަރުން ޓްރޭނިންގ ނީޑްސް ގައި ހިމެނޭ ދާއިރާއަކުން ކަނޑައެޅިފައިވާ ޤައުމުތަކުގެ ތެރެއިން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސައި ދެއްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.