އެމްޑީޕީގެ އެއްވެސް ސަރުކާރަކުން ދީނާއި ޚިލާފް ކަންކަމެއް ނުކުރޭ: ހަސަން

އެމްޑީޕީގެ އެއްވެސް ސަރުކާރަކުން ދީނާއި ޚިލާފް ކަންކަމެއް ނުކުރޭ: ހަސަން

Author
މުޙައްމަދު ޝަޒައިމް
29 މެއި 2022 02:49
0

އެމްޑީޕީގެ އެއްވެސް ސަރުކާރަކުން އިސްލާމްދީނާއި ޚިލާފް އެއްވެސް ކަމެއް ކޮށްފައި ނުވާކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހިންގަމުންދާ އިންޑިއާ ކެމްޕެއިނާއި ގުޅިގެން އެމްޑީޕީން ކުރިއަށް ގެންދަމުންދާ "ބާކީ ނުވޭ" ކެމްޕެއިންއާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ހަސަން ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އަތުވެއްޖެނަމަ ރާއްޖޭގައި ފައްޅި އަޅާނެއޭ ބަންގިއެއް ނުގޮވާނެއޭ އެހެން ގައުމަކަށް ރާއްޖެ ވިއްކާލާނެ ކަމަށް 2008 އިން ފެށިގެންވެސް ބުނަމުން ދިޔަކަމަށެވެ. ނަމަވެސް 2008 ގެ ވެރިކަމުގައިވެސް އަދި މިވެރިކަމުގައިވެސް އެފަދަ ކަމެއް ކޮށްފައި ނުވާކަމަށް ހަސަން ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރެއް އަތުވެއްޖެއްޔާ ރާއްޖޭގައި ފައްޅި އަޅާނެއޭ ބަންގިއެއް ނުގޮވާނެއޭ އެހެން ގައުމަކަށް ރާއްޖެ ވިއްކާލާނެއޭ 2008 ގެ ކުރިން ވެސް އިދިކޮޅު މީހުން ގޮވި. ފެންނާންއޮތް ޙަޤީޤަތަކީ 2008ގެ ސަރުކާރުންވެސް މިސަރުކާރުންވެސް އެބާވަތުގެ ކަންކަން ނުކުރާކަން. ދިވެހީން.

– ހަސަން ވިދާޅުވިއެވެ.

ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ކުރިއަށް ގެންދާ އެހަރަކާތުގެ ތެރެއިން ބައެއް ފަރާތްތަކުން އަންނަނީ މީސްމީޑިއާގައި "ބާކީނުވޭ“ ހޭސްޓެގް ބޭނުން ކުރަމުންނެވެ. އަދި އެފަރާތްތަކުން ބުނެފައިވަނީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑު ކަމުގެ ތެރޭގައި ވެސް އިންޑިއާއަށް ގޮސް ބޭސް ފަރުވާ ކުރުމުގެ ފުރުސަތު އެގައުމުން ދީފައިވާ ކަމަށާއި އެހެން ކަމުން އެގައުމަށް ޝުކުރުވެރިވާން ޖެހޭނެ ކަމަށެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން އިތުރުވަމުން އަންނާތީ އިދިކޮޅުން ފެށި "އިންޑިއާ އައުޓް" ހަރަކާތް ފުޅާވެގެން ގޮސްފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެއީ ގައުމީ ނުރައްކަލެއް ކަމަށް ބުނެ އެކަން ހުއްޓުވުމަށް ގަރާރެއް ނެރުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

L Loabi
MDP ge Majilis memberunge thereyga himeney baeh meehun juvaaa kulhe Raa buin eii kon dheeneh huddha kuraa kameh tho? MDP ge isverin dhogu hedhun eii kon dheeneh huhdhakuraa kamehtho? MDP ge baeh memberun ziney kuraakamah Whats group ga oiyiru eii kon dheeneh huddha kuraa kamehtho? MDP ge Hassan men gaboolukuraaa aaadheeneh otheeebaaa?