ގުދުސް ފޯރސްގެ ކާރނަލް އަވަހާރަ ކޮށްލީ އިޒްރާއީލުންކަން އެގައުމުން އެމެރިކާއަށް ވަނީ އަންގައިފި: ރިޕޯޓު

ގުދުސް ފޯރސްގެ ކާރނަލް އަވަހާރަ ކޮށްލީ އިޒްރާއީލުންކަން އެގައުމުން އެމެރިކާއަށް ވަނީ އަންގައިފި: ރިޕޯޓު

Author
ހުސެއިން
26 މެއި 2022 08:38
0

ފާއިތުވެދިޔަ ހަފްތާގައި އަވަހާރަ ކޮށްލާފައިވާ، އިރާނުގެ ޤުދުސް ފޯސްގެ ކާނަލް ސަޔަދު ޚޮދާއި އަވަހާރަކޮށްލާފައި ވަނީ އިސްރާއީލުންކަން އެގައުމުން އެމެރިކާއަށް އަންގާފައިވާކަން، މިމައުލޫމާތުގެ އެގިހުރި ހުރި އިންޓެލިޖެންސް އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓުތައް ބުނެފިއެވެ.

ޚޮދާއި އަވަހާރަ ކޮށްލާފައިވަނީ ފާއިތުވެދިޔަ ހަފްތާގެ އާދީއްތަ ދުވަހު އޭނާގެ ގޭގެ ގައިރީގައި ހުންވަނިކޮށް، ސައިކަލުގައި ދިޔަ ދެމީހަކު ބަޑިން ހަމަލާ ދީކަމަށް އިރާނުގެ މީޑިއާ ރިޕޯޓުތައް ބުނެފައި ވެއެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް، އެމެރިކާގެ ނިއު ޔޯކު ޓައިމްސްއަށް އިންޓެލިޖެންސް އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި، އިސްރާއީލުން އެމެރިކާއަށް އަންގާފައިވަނީ މިއޮޕަރޭޝަންގެ ބޭނުމަކީ، އިރާނުގެ އިސްލާމިކް ރޮވޮލިއުޝަނަރީ ގާރޑްސް ކޯޕް (IRGC-QF)ގެ ތެރޭގައި ހަރަކާތްތެރި ވަމުންދާ ސިއްރު ގުރޫޕެއް ކަމުގައިވާ ޔުނިޓް 840ގެ ހަރަކާތްތައް ސަސްޕެންޑް ކުރުމަށް އިންރާނަށް އިންޒާރު ދިނުން ކަމުގައެވެ.

"ޔުނިޓް 840 އާއި ހަވާލު ކޮށްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ކިޑްނެޕް ކުރުމާއި މެރުމުގެ ޒިންމާ، އޭގެ ތެރޭގައި އިޒްރާއީލުގެ ރައްޔިތުންނާއި، އޮފިޝަލުންނާއި، ސަރުކާރާއި އަސްކަރިއްޔާ އަދި އިންޓެލިޖެންސް އޮފިޝަލުންވެސް ހިމެނޭ،" ނިއުޔޯކު ޓައިމްސްއިން ރިޕޯޓު ކޮށްފައި ވެއެވެ. މި ރިޕޯޓުގައި ބުނެފައިވަނީ ޔުނިޓް 840 އުފައްދާފައިވާކަން އެއްވެސް އިރަކު އިރާނުން ޔަގީން ކޮށްދީފަައި ނުވާ ކަމުގައެވެ.

ކާރނަލް ޚޮދާއިގެ މަރަށްފަހު، މި މަރުގެ ބަދަލު ހިފާނެކަމަށް އިރާނުންވަނީ ބުނެފައެވެ. އިރާނުގެ ރިވޮލިއުޝަނަރީ ގާރޑްސްގެ ކޮމާންޑަރު ހޮސައިން ސަލާމީ ވިދާޅުވެފައިވަނީ އެގައުމަށް ކުރިމަތިވާ ނުރައްކާތަކާއި އެގައުމުން ވަރަށް ހަރުކަށިކަމާއެކު ކުރިމަތިލާނެއެވެ.

މި ހަފްތާގެ އަންގާރަ ދުވަހު އިރާނުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެމްބަރެއް ކަމުގައިވާ މާޖިދު މިރު-އަހުމަދީ ވަނީ މިހަމަލާގެ ފަހަތުގައި ވަނީ އިސްރާއީލް ކަމުގައި ވިދާޅުވެފައެވެ. އަދި އޭނާ ވިދާޅުވަފައިވަނީ މުޖުރިމުން އެމީހުންގެ އަމަލްތަކުގެ ބަދަލު ދެކޭނޭ ކަމުގައެވެ.

ޚޮދާއިގެ މަރު ކުއްވެރިކުރުމަށް އިރާނުންވަނީ ޔޫއެންއަށް ގޮވާލާފައެވެ.

އިސްރާއީލުގެ މީޑިއާތަކުން ބުނެފައިވަނީ، މި މައުލޫމާތު ލީކުވުމަކީ އިސްރާއީލުގެ އޮފިޝަލުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހައިރާން ކަމެއް ކަމަށާއި އިސްރާއީލުގެ އޮފިޝަލުން ތިބީ ވަރަށް ބޮޑަށް ހިންހަމަ ނުޖެހިފައި ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.