މެމްބަރުން މަޖިލިހުގައި ޚިދުމަތް ކުރުމުން ލިބޭގޮތަށް އޮންނަ އިނާޔަތް ކަނޑާލަންޖެހޭ: ނާޒިމް

މެމްބަރުން މަޖިލިހުގައި ޚިދުމަތް ކުރުމުން ލިބޭގޮތަށް އޮންނަ އިނާޔަތް ކަނޑާލަންޖެހޭ: ނާޒިމް

Author
ހުސެއިން
26 މެއި 2022 09:35
0

ރައްޔިތުންގެ މަޖިލީހުގައި ޚިދުމަތް ކުރުމުން މެމްބަރުންނަށް ލިބޭ ގޮތަށް ހަމަޖައްސާފަ އޮތް އިންޔާތް ކަޑާލުމަށް އެމްއެންޕީގެ ރައީސް ކާރނަލް ނާޒިމް ގޮވާލައްވައިފިއެވެ.

އިސް ރަށްވެހިންނަށް ލިބެންޖެހޭ ހައްގުތަށް ކަށަވަރުކުރުމަށް ގޮވާލާ، އެމްއެންޕީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ކާރނަލް ނާޒިމް ވިދާޅުވީ، އިސް ރަށްވެހިންގެ ވާހަކަ މިހާ ބާރަށް ދައްކަން ޖެހެނީ އިސް ރަށްވެހިން ދައުލަތަށް ކުރެއްވި ޚިދުމަތުގެ އަގު އެއްވެސް ސަރުކާރަކަށް ވަޒަން ކުރެވިފައި ނުވާތީ ކަމުގައެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އިސް ރަށްވެހިންނަށް ލިބެންޖެހޭ ހައްގު ހޯދާ ދިނުމަށްޓަކާ މިއަދު އެވާހަކަ ދައްކަން ޖެހޭ ކަމުގައެވެ. އަދި މިއަދު އެވާހަކަތައް ނުދައްކައިފިނަމަ، މާދަމާ އިސްރަށްވެހިންނާ ވާތިބި މިއަދުގެ ޖީލަށް މާދަމާ އެހާލަތު ކުރިމަތި ވެގެން ދާނެ ކަމުގައެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މިވާހަކަތައް އެންމެ ބާރަށް ދައްކަނީ ރައްޔިތުންގެ މަޖިލިހުގައި ކަމުގައެވެ. އެހެންނަމަވެސް މަޖިލިހުގެ އިއްޒަތްތެރި މެމްބަރުންނަށް 5 އަހަރު ޚިދުމަތް ކޮށްލީމަ އެބޭފުޅުންނަށް އެތައް ބައިވަރު އިނާޔަތްތަކެއް ލިބޭ ގޮތަށް އޮތީ ރާވާލާފައި ކަމުގައެވެ.

އޭރަކު ފައިސާގެ މައްސަލައެއް ނެތް. މެމްބަރުން ވީމަ ހަމަ ލިބެންވީ. އަޅުގަޑު ދަންނަވަން އޮތީ އެމެމްބަރުންނަށް އެފައިސާ ދޭނެ ކަމެއް ނެތޭ. އަޅުގަޑުމެން މެމްބަރުންނަށް މިތިބީ.. އަޅުގަޑުމެންގެ އެފައިސާ ކަނޑާލައްވާ. އަޅުގަޑުމެން އެލާރި ބޭނުމެއް ނޫން މިއަދަކުއެއް. ބޮޑު މުސާރަ ނަގައިގެން އަޅުގަޑުމެން އެތާ ކީއްތޯ މިކުރަނީ.. ކުރާކަމެއް ހަރާމް އަޅުގަޑުމެން.

ނާޒިމް ވިދާޅުވިއެވެ.

މި ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވެފައިވަނީ ދައުލަތުގެ ކަންކަން އޮންނަ ގޮތުން އަބަދުވެސް ދެކެވެނީ ފައިސާ ނެތް ވާހަކަ ކަމަށާއި، އެހެންނަމަވެސް ފައިސާ ޚަރަދު ކުރަންޖެހޭ ބޭކާރު ކަންކަމުގެ ތެރޭގައި އެއްވެސް ފަސްޖެހުމެއް ނެތި ޚަރަދުތައް ކުރެވެމުން ދާކަމުގައެވެ. އެހެންނަމަވެސް ޚިދުމަތް ކުރާ މީހާގެ ވާހަކަ ސަރުކާރުތަކުން ނުދައްކާ ކަމަށާއި، އެމްއެންޕީ އުފަންކުރި މައިގަޑު މަގުސަދުތަކުގެ ތެރޭގައި ހިމެނޭ 3 ކަމުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ފުދުންތެރިކަން ގާއިމްކުރުން ކަމުގައި ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އިސް ރައްވެހިން މިއަދު ފުދުންތެރި ދިވެއްސަކަށް ނުވާ ކަމަށާއި އެމީހުން މިއަދު ވަނީ ވަރަށް ބޮޑަށް ނިކަމެތި ކޮށްލާފައި ކަމުގައެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އިސްރައްވެހިންގެ ޖަމިއްޔާއާއިވެސް އެމްއެންޕީން ބައްދަލު ކުރިކަމަށާއި، އެޖަމިއްޔާ އުފެދުނީއްސުރެވެސް ކުރާ މަސައްކަތަކީ ރައީސުންނާއި ބައްދަލު ކުރުން ކަމަށާއި، އަދި ކަމާބެހޭ ހުރިހާ ވުޒާރާތަކާވެސް ބައްދަލު ކޮށްފިކަމުގައެވެ. އެހެންނަމަވެސް މިހުރިހާ ފަރާތަކުންވެސް ދެމުންދާ ޖަވާބަކީ ބަޖެޓުގެ ދަތިކަން ހުރުމުގެ ސަބަބުން އެކަން ވާން ނެތްކަމަށް ކަމުގައެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެމްއެންޕީގެ ވެރިކަމެއްގައި އިސް ރަށްވެހިންގެ ހައްގު ހޯއްދަވާ ދެއްވާ އެބޭފުޅުންނަށް ލިބެންޖެހޭ ފުރިހަމަ އިނާޔަތް އެބޭފުޅުންނަށް ފޯރުކޮށް ދޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.