ރޫމީ އާއި އޭނާގެ ފިރިމީހާ ދޫކޮށްލައިފި

ރޫމީ އާއި އޭނާގެ ފިރިމީހާ ދޫކޮށްލައިފި

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ފާޠިމަތު ރޫމާ (ޕްރިޓީ ރޫމީ)އާއި އޭނާގެ ފިރިމީހާ މުޙައްމަދު ނަސީމް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ޢަމުރުކޮށްފިއެވެ.

ރޫމީ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައެވެ. އެގޮތުން އޭބާ ދިރިއުޅޭ ގޭ މިމަހުގެ 11ގައި ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމުން މަސްތުވާތަކެތި ފެނިފައިވެއެވެ.

އެ ދެމީހުން ބަންދުން ދޫކޮށްލީ ޝަރުތުތަކާއެކުއެވެ. ނަމަވެސް އެއީ ކޮން ޝަރުތުތަކާއެކުކަމެއް ސާފެއް ނުވެއެވެ.
އެންމެ ފަހުން މުއްދަތު ޖަހަން މި މަހު 15 ގައި ގެންދިއުމުން، ރޫމާގެ ފަރާތުން އެދުނީ ކިތަންމެ ހަރުކަށި ޝަރުތުތަކަކާ އެކު ނަމަވެސް ބަންދަށް ލުޔެއް ދިނުމަށެވެ. އޭނާގެ ތިން ދަރިން ތިބޭތީ އެ ކުދިން ގާތަށް ފޮނުވައިދޭށެވެ.

ކޯޓުގައި ރޫމީޯގެ ދިފާއުން ބުނީ ރޫމާގެ ޕްރެޝަރު މަތިވެގެން، އޭނާ ހޭނެތުނެވެ. އަދި ރޫމާ އަކީ ޑިޕްރެޝަން ވެސް ހުންނަ މީހެއް ކަމަށް ވެސް ބުނެފައިވެއެވެ.

ރޫމާ އިތުރު ހަތް ދުވަހަށް ބަންދުކުރަން ނިންމައި އެ ދުވަހު ކޯޓުން ނެރުނު އަމުރުގައި ވަނީ ބަލައިފާސްކުރުމުގެ އަމުރުގައި ހުއްދަދީފައިވާ ގޭގެ އެޑްރެހާއި ބަލައިފާސްކުރި ގޭގެ އެޑްރެސް ދިމާނުވާ ކަމަށް ބެލެވޭ ކަމަށާއި އެކަން އެނގޭނެ ރަސްމީ ލިޔެކިޔުން ރޫމާގެ ދިފާއުން ހުށަހަޅާފައިވާކަމަށް ބުނެފައެވެ.

ފުލުހުން ކޯޓު އަމުރު ހޯދާފައި އޮތީ ބްލޫބާޑްގެ ފާސްކުރަން ކަމަށް ވިޔަސް، ފާސްކުރީ ނުވިލާމަންޒިލް ކަމަށް ވާތީ ރޫމާގެ ފަރާތުން ކުރިން ވެސް އެކަންވަނީ ފާހަގަކޮށްފައެވެ.

މުރުގައިވާ ގޮތުން، އެ ގެ ބަލައިފާސްކުރިއިރު ރޫމާ އުޅޭ ކޮޓަރިން ކުޑަ ކައްޓާއަކާއި ހުސް ޕެކެޓްތަކެއް ފެނުނެވެ. އެފަދަ ތަކެއްޗަކީ މަސްތުވާތަކެތި ވިއްކައި، ވިޔަފާރިކުރުމަށްޓަކައި އެ ތަކެތި ޕެކްކުރަން ގެންގުޅޭ ޒާތުގެ ތަކެތި ކަމަށް ބެލެވުނަސް، އެތަން ބަލައިފާސްކުރީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ބެލެން ނެތުމުން ބަލައިފާސްކޮށް ހޯދި ކަން ކަމަށް ރިއާޔަތް ކޮށްފައި ނުވާނެ ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެއެވެ.

ރޫމީއާއި އޭނާގެ ފިރިމީހާ ބަންދުން ދޫކޮށްލިނަމަވެސް އެމީހުންގެ ތަހުގީގު ފުލުހުން ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *