ވިލިމާލޭ ދާއިރާގެ އަންހެނުންގެ ތަރައްޤީގެ ކޮމިޓީގެ ބައި-އިލެކްޝަންގެ މައްސަލަ ކޯޓަށް ވެއްދުމާމެދު ދިރާސާތަކެއް ކުރަމުންދާކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީ، (އެމް.އެން.ޕީން) އިން ބުނެފިއެވެ.
މިމަހުގެ 14ވަނަ ދުވަހު ބޭއްވި ބޭއްވި ބައި އިލެކްޝަންގައި ވާދަކުރީ ޕީ.ޕީ.އެމްގެ ކެނޑިޑޭޓް ފާތިމަތު ނާޒިމާއާއި، އެމް.އެން.ޕީގެ ކެނޑިޑޭޓް އާމިނަތު ޝީޒާއެވެ. އަދި އިންތިޚާބު އެންމެ ވޯޓެއްގެ ތަފާތުން ކާމިޔާބުކުރީ ޕީ.ޕީ.އެމްގެ ކެނޑިޑޭޓް ނާޒިމާއެވެ. މިގޮތުން ނާޒިމާއަށް 359 ވޯޓް ލިބުނުއިރު، އެމް.އެން.ޕީގެ ކެނޑިޑޭޓް ޝީޒާއަށް ލިބިވަޑައިގަތީ 358 ވޯޓެވެ.
އެމް.އެން.ޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވީ، ވިލިމާލޭ ޑަބްލިއުޑީސީގެ ބައި އިލެކްޝަންގައި ވޯޓު ގުނުމުގައި ޢަމަލުކުރިގޮތާމެދު އެޕާޓީގެ ޝަކުވާތަކެއް އެބަހުރިކަމަށެވެ. ވަކިން ޚާއްސަކޮށް ބާތިލު ވޯޓު ގުނުމުގައި އެކި ވޯޓު ފޮށިތަކުގެ އޮފިޝަލުން ޢަމަލުކޮށްފައިވަނީ އެކިގޮތަށްކަމަށް އޭނާ ވިދާޅުވިއެވެ.
ބައެއް ފޮށިތަކުގައި އިތުރު ރޮނގެއް އިނޭ ކިޔާފައި ބާތިލުކުރިއިރުގައި އަނެއްބައި ފޮށިތަކުގައި ހަމައެގޮތަށް ހުރި ވޯޓުތައް އެބަހުރި ސައްޙަ ވޯޓުގެ ގޮތުގައި ގުނާފައި. އެހެންވީމަ އަޅުގަނޑުމެންގެ ވެލިޑް ކޮންސާނެއް މިކަމުގައި އެބައޮތް.
– އުޝާމް ވިދާޅުވިއެވެ.
މިކަމާމެދު އެ ޕާޓީން ދެން ކުރިއަށްދާނެގޮތަކާމެދު މަޝްވަރާކުރަމުންދާކަމަށް އުޝާމް ވިދާޅުވިއެވެ. އަދި މި މައްސަލަ ކޯޓަށް ވެއްދުމާމެދު ދިރާސާތަކެއް ކުރަމުންދާކަމަށާއި، އެހެންނަމަވެސް މިކަމުގައި އަދި ސީދާ ވަކިގޮތެއް އެ ޕާޓީން ނިންމާފައިނުވާކަމަށް އުޝާމް ވިދާޅުވިއެވެ.
އެ ޕާޓީން ދެން ކުރިއަށްދާނެގޮތަކާމެދު މަޝްވަރާކުރަމުންދާކަމަށް އުޝާމް ވިދާޅުވިއެވެ. އަދި މި މައްސަލަ ކޯޓަށް ވެއްދުމާމެދު ދިރާސާތަކެއް ކުރަމުންދާކަމަށާއި، އެހެންނަމަވެސް މިކަމުގައި އަދި ސީދާ ވަކިގޮތެއް އެ ޕާޓީން ނިންމާފައިނުވާކަމަށް އުޝާމް ވިދާޅުވިއެވެ.
އެއް ވޯޓުގެ ތަފާތަކުން ޕީޕީއެމްގެ ކެނޑިޑޭޓް އިންތިޚާބު ކާމިޔާބުކޮށްފައިވާއިރު އެމްއެންޕީގެ އެދުމަށް އިލެކްޝަންސް ކޮމިޝަން އިން ވަނީ ވޯޓުފޮށި އަލުން ކަނޑާ ޝަކުވާ ހުށައެޅުނު ދެ ވޯޓު ކަރުދާހެއް ބަލާފައެވެ. ނަމަވެސް ނަތީޖާއަށް ބަދަލު އައިސްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ