މާއުނގޫދޫ އިންޖީނުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

މާއުނގޫދޫ އިންޖީނުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

Author
ޢަލީ އާދަމް
12 ނޮވެމްބަރ 2020 10:40
0

ށ. މާއުނގޫދޫގައި އަލަށް އިމާރާތްކުރާ ފެނަކަ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ށ. މާއުނގޫދޫގައި އަލަށް އިމާރާތްކުރާ ފެނަކަ އިންޖީނުގެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައީދާއި މިނިސްޓްރީ އޮފް ހެލްތްގެ ސީނިއާރ އެގްޒެކެޓިވް ޑިރެކްޓަރ ޢަބްދުލް ޙައްނާން ޙުސައިން އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 280 ދުވަހުގެ ތެރޭ ނިންމާ ގޮތަށް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިރަސްމިއްޔާތުގައި ފެނަކަ އެމްޑީ ސައީދާއި، ހެލްތު މިނިސްޓްރީގެ ސީނިއާރ އެގްޒެކެޓިވް ޑިރެކްޓަރ ޢަބްދުލް ޙައްނާން ވަނީ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަ ދައްކަވާފައެވެ.

ފެނައިކައިން ރާއްޖޭގެ އެކި ރަށްތަކުގައި ހުރި ޒަމާންވީ އިންޖީނުގެތައަށް ޚާއްސަކޮށް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ނޫޅޭ ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ބައެއް ރަށްތަކުގައި މިމަސައްކަތް ކުރިއަށްދާއިރު، އަންނަ އަހަރުވެސް ގިނަ ރައްތަކެއްގެ އިންޖީނު އެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފެނަކައިންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެންމެ ޒަމާނީ ފެންވަރަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އިންޖީނުގެތަކާއިއެކު އޮފީސް އިމާރާތްތަކަށްވެސް ބޮޑެތި ބަދަލުތަކެއް އެކުންފުނިން ދަނީ ގެންނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.