މިރޭ މާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ހާމަކުރައްވަފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ މިރޭ 20:00 ގައި މާލޭގެ އިއްޒުއްދީން ފާލަމާއި ދިމާ ބޭރުން ކަނޑުގެ ސަރަހައްދުގައި ހަވާ އެރުވުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ.
މިއީ ވިޔަފާރި އުސޫލުން އަމިއްލަ ފަރާތަކަށް، ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ" އިން ކުރިއަށް ގެންގޮސްދޭ އިވެންޓެއްކަމަށް އެމްއެމްޑީއެފުން ބުނެފައިވެއެވެ. މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ 2 މިނިޓަށް ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެމްޑީއެފުން މާލޭގައި ކައިވެނި ޕާޓީތަކާއި، އަމިއްލަ އެކި ފަރާތްތަކުގެ އެކި ހަފްލާތަކާއި، ދުވަސްތަކާއި ގުޅުވައިގެން ވިޔަފާރި އުސޫލުން މިގެ ކުރިންވެސް ހަވާ އަރުވާފައިވެއެވެ.
ކޮމެންޓު ފޮނުވާ