އިންތިޚާބުން ސާފުވީ 2023ގައި ވާދަކުރާނީ ރައީސް ޞާލިހާ ރައީސް ޔާމީންކަން: އަނާރާ

އިންތިޚާބުން ސާފުވީ 2023ގައި ވާދަކުރާނީ ރައީސް ޞާލިހާ ރައީސް ޔާމީންކަން: އަނާރާ

Author
މުޙައްމަދު ޖިމީ
15 މެއި 2022 11:16
0

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޥާދަކުރައްވާނެކަމަށް ބެލެވެނީ މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅިގެން އަނާރާ ވިދާޅުވީ، ބޮޑު ޕާޓީއެއްގެ އެތެރޭގެ އިންތިޚާބަކަށްފަހު، މިއަދު އަލިވިލުނީ 2023 ގައި ވާދަކުރައްވާނެ ބޭފުޅުންވެސް ސާފުކޮށް އެނގިގެންދާފަދަ ފަތިހަކަށްކަމަށެވެ. އެގޮތުން ކުރިއަަށްއޮތް ރިޔާސީ އިންތިޚާބުގަވެސް ވާދަކުރައްވާނެކަމަށް ބެލެވެނީ ރައީސް ޔާމީން އާއި ރައީސް ސޯލިޙުކަމަށް އަނާރާ ވިދާލުވިއެވެ.

އަނާރާ މިހެން ވިދާލުވެފައިވާއިރު، ޗެއަރޕާސަން އިންތިޚަބުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލަށް ލިބިވަޑައިގަތް ކާމިޔާބިޔާބީއަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތް ކާމިޔާބެއްކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ދެކެއެވެ.

މި އިންތިޚާބު ފައްޔާޒާއި އިމްތިޔާޒް ފަހުމީގެ މެދުގައި ކުރިއަށް ދިޔަނަމަވެސް މިއީ ރައީސް ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދުގެ ދެމެދު ބޭއްވުނު އިންތިޚާބެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. ސަބަބަކީ ރައީސް ނަޝިދު މިހާރު މިސަރުކާރަށް ފާޑުވިދާޅުވަމުން ގެންދިއުމެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މިލިއަންޑޮލަރު
ބައްލަވާ ވައްކަންކުރި މައްސަލަ އަދި ނުނިމެޔޭ. ކޮންތާކުން ހޯދި މިލިއަން ޑޮލަރެއްތޭ!؟
ޔައުނީ ނޭވާ ހޮޅީގެ ވައްކަން ރޯޔަލް ރޭޕް ދީނަށް ގޮން ޖެހުން މާފްވީއޭ ދޯ