ސޮނާކްޝީ އެންގޭޖެއް ނުވޭ، ފެށީ ވިޔަފާރިއެއް!

ސޮނާކްޝީ އެންގޭޖެއް ނުވޭ، ފެށީ ވިޔަފާރިއެއް!

Author
ފާތިމަތު ނާވީ
13 މެއި 2022 08:42
0

ފާއިތުވި ދެތިން ދުވަހު މުޅި ސޯޝަލް މީޑީއާ ކައްކުވާލާފައި ވަނީ ސޮނާކްޝި ސިންހާ އެންގޭޖް ވިކަމުގެ ޚަބަރު ތަކެވެ.

ޖަވާހިރުގެ އަންގޮޓިއެއް އަޅައިގެން ސޮނާކްޝީ ނަގައިފައިވާ ފޮޓޯތަށް ދޫކޮށްލުމާ އެކުގައި ގިނަ ބަޔަކު ވަނީ ސޮނާކްޝީ އެންގޭޖްވީ ކަމަށް ނިންމާފައެވެ. އަދި ސޮނާކްޝީ އެންގޭޖް ވި އިރު ލޯބިވެރިޔާގެ މޫނު ނުފެންނާތީ ގިނަ ބަޔަކު ކަންބޮޑުވި ވެސްމެއެވެ.

ނަމަވެސް ސޮނާކްޝީ ވަނީ މިހުރިހާ ވާހަކަތަކީ ހަގީގަތެއް ނޫންކަން ހާމަކޮށްފައެވެ. ހަގީގަތުގައި އޭނާ އެންގޭޖް ވީކީއެއް ނޫނެވެއެވެ.

 

View this post on Instagram

 

A post shared by Sonakshi Sinha (@aslisona)

އިއްޔެ އޭނާ ވަނީ އޭނާ އެންގޭޖް ނުވާ ކަމަށާއި ނަމަވެސް އާ ވިޔަފާރިއެއް ފެށަނީ ކަމަށް ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ. އަދި އޭނާ މީގެ ފަހުން ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދާނެކަން ވަނީ އިއުލާން ކޮށްފައެވެ.

 

View this post on Instagram

 

A post shared by Sonakshi Sinha (@aslisona)

"ސޯއީޒީ" އަކީ ސޮނާކްޝީގެ އާ ވިޔަފާރީގެ ބްރޭންޑެވެ. "ސޯއީޒީ"ގެ ނިޔަފަތީގެ އިޝްތިހާރުތަކެއް ވެސް އޭނާ ވަނީ އާންމުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.