ރައީސް ޔާމީންނަށް ވެރިކަން ހޯދައިދނުމަކީ ހެދޭނެ އެންމެ ބޮޑު ގޯސްކަމަށާއި އެހެން ނުހެއްދެވުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ދަންނަވައިފިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ދިމާކޮށް ޚިޔާލުތަފާތުވެފައިވާ މި ދަނޑިވަޅުގައި ރަީސް ނަޝިދު ވަނީ މިސަރުކާރު މިހާރު ކުރިއަށްދާގޮތަށް ބަލައި 2023 އެމްޑީޕީއަށް ގެއްލިދާނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އެމްޑީޕީ އަދި ޕީޕީއެމްގެ އިއްތިހާދެއް ހެދުމަށް ރައީސް ޔާމީންގެ އެހީ ހޯދުމަކީ އެންމެ ރަނގަޅުގޮތްކަމަށް 2021 ޖުލައި މަހު ރައީސް ނަޝީދު ވިދާލުވެފައިވާ ވިދާޅުވުމެއް ޓްވީޓްކުރައްވާ ނިހާދު ވިދާޅުވީ، އެމްޑީޕީން އުފެއްދި މި ސަރުކާރު ރައީސް ޔާމީނާއި ގުޅިގެން ވައްޓާލުމަކީ ލިބޭނެ އެންމެ ބޮޑު ގެއްލުންކަމަށެވެ. އެހިސާބުން ދެން އެނބުރި ވެރިކަމަށް އަންނާކަށް ރައީސް ޔާމީންމެން ފުރުޞަތު ނުދޭނެކަމަށްވެސް ނިހާދު ވިދާޅުވިއެވެ.
އޭނާއަށް ވެރިކަން ހޯދައިދިނުމަކީ އެންމެ ބޮޑު ގޯސް! ތިޔަހެން ނުހައްދަވާ ރައީސް!
– މުޙައްމަދު ނިހާދު
ނިހާދު މިހެން ވިދާޅުވެފައިވާއިރު ރައީސް ނަޝީދު 2023ގެ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އިޝާރާތެއް ވަނީ ކުރައްވާފައެވެ. ރައީސް ނަޝީދު 2021 ޖުލައި 15 ގައި ވިދާޅުވެފައިވަނީ އެމްޑީޕީ- ޕީޕީއެމް އިއްތިހާދެއް އުފައްދަން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީންގެ އެހީތެރިކަން ހޯދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމް އާއި އެކު އިއްތިހާދެއް ހައްދަވާނީ ޕީޕީއެމަށް ބަދަލުތަކެއް ގެނައުމަށްފަހު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ބަދަލުތަކަކީ 'އިންޑިއާ އައުޓް' ފަލްސަފާއާއި ދުރު، ނަފްރަތުގެ ބިލަށް ތާއީދުކުރާ އަދި މިއުޒިކަށް އެއްބަސްވެވޭނެ ބަދަލުތަކަށް ވާންޖެހޭ ކަމަށެވެ. އަދި އެ ހަމަތަކުގައި ސަރުކާރު ހިންގުމަށް ޕީޕީއެމް- އެމްޑީޕީ އިއްތިހާދެއް އުފެއްދުމަށްޓަކައި ރައީސް ޔާމީންގެ އެހީތެރިކަމަށް އެދިވަޑައިގަތުމަކީ މުޅި ރާއްޖެއާއި އެމްޑީޕީއަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު ވަނީ މީގެކުރިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާއެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށާއި, ރައީސް ޔާމީންގެ އެހީއަށް އެދިވަޑައިގަންނަވާނެ ކަން ވިދާޅުވެފައެވެ.
One Response
ޔާމީނުއަށް ވެރިކަށް ހޯދާދޭން ނަސީދު އެއީ ވަކިން ކާކުތަ ދާއިރާއަށް ނަސީދު ހޮވިފައި ތިޔަހަރީ ދެތިންވޯޓެއްގެ ތަފާތަކުން އާލާތްގަޑު ވެރިކަމާ ހެދިގެން ތެޅިބާލަނީ