ހަ ކުދިންނަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައިފި

ހަ ކުދިންނަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައިފި

Author
ޢަލީ އާދަމް
09 މެއި 2022 11:52
0

އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ކްރިމިނަލް ކޯޓުން ޝަރުތުތަކާ އެކު ދޫކޮށްލައިފިއެވެ.

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މިދިޔަ މަހު ނުވަ ވަނަ ދުވަހު މާލެ ސަރަހައްދުން ހައްޔަރުކުރީ 55 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދަށް މީގެކުރިން ކްރިމިނަލް ކޯޓުން 30 ދުވަސް ދީފައިވެއެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާ އެކު ވަނީ ބަންދުން ދޫކޮށްލާފައެވެ. ފުލުހުން ވެސް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

އެނގިފައިވާ ގޮތުގައި މި މީހާ ވަނީ އެއް އާއިލާގެ އެތައް ކުދިންނަކަށް އެކި ގޮތްގޮތުން ޖިންސީ ގޯނާކޮށް ބައެއް ކުދިންގެ ފޮޓޯ ނަގައި ކުދިންނަށް ބިރު ވެސް ދައްކާފައެވެ. މީގެއިތުރުން މި މީހާ އަކީ އަނިޔާލިބުނު ކުދިންނާ އާއިލީގެ ގޮތުން ގުޅުން އޮތް މީހެއްކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.