ދިވެހިންނަށް މާ ހެޔޮބަޔަކަށް ވެގެން އުޅޭ މުޝްރިކުންގެ ހީލަތްތެރިކަމުން ރާއްޖެ ސަލާމަތްކުރުމަށް ކޮންމެ ދިވެއްސަކުވެސް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވެ މަޝްހޫރު ދީނީ ޖަމިއްޔާ ޖަމިއްޔަތު ސަލަފްގައި އިސްކޮށް ހަރަކާތްތެރިވާ އަލީ ރަމީޒް އިންޑިއާއަށް ފާޑުވިދާޅުވެއްޖެއެވެ.
އިންޑިއާ އަކީ ރާއްޖޭގެ އެންމެ ގާތް ޤައުމުކަމަށާއި، ދިވެހިންނަށް ބޭނުންޖެހޭ ކޮންމެ ވަގުތެއްގައި އެންމެ ގާތުން އެންމެ ފުރަތަމަ ދީލަތި އެހީދޭ ޤައުމަކީ އިންޑިއާކަމަށް ބުނެ ސަރުކާރުން އަންނަނީ އިންޑިއާ އާއި ދެކޮޅަށް ހިންގާ ހަރަކާތްތަކަށް ހުރަސް އަޅަމުންނެވެ. ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމްވެ ތިބޭކަމަށާއި، އިންޑިއާގެ ހީލަތްތެރި ވިސްނުންތަކެއް ގެންގުޅޭކަމަށް އިދިކޮޅުން ގެންދަނީ ތުހުމަތުކުރަމުންނެވެ. މީގެ އިތުރުން އިންޑިއާގެ އެހީގައި ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރުތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް މަސައްކަތްކުރާކަމަށް އަޑު ފެތުރިފައިވާއިރު، ސަރުކާރުން އަންނަނީ އެކަން ދޮގުކުރަމުންނެވެ.
ޢަލީ ރަމިޒު ވަކި ޤައުމެއްގެ ވަކި ބައެއްގެ ނަން ވިދާޅުނުވެ އެކަންކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަމިއްލަ ޤައުމުގެ މުސްލިމް ރައްޔިތުން މަރާ، މިސްކިތްތަކާއި ގެތައް ސުންނާފަތިކޮށް، އަންހެނުން ތަޢުލީމުން މަހްރޫމްކުރަމުން، ރާއްޖޭގެ މުސްލިމުންނަށް މާ ހެޔޮބަޔަކަށް ވެގެން އުޅޭ "ނަޖިސް" މުޝްރިކުންގެ ހީލަތްތެރިކަމުން މި ރާއްޖެ ސަލާމަތްކުރުމަށް ކޮންމެ ދިވެއްސަކުވެސް މަސައްކަތްކުރަންޖެހޭކަމަށެވެ.
Amilla qamuge muslim rayyithun marai, miskiy thakaai, gethah sunnaafathi koh, ukhthun thauleemun mahroom kuramun, mi raajjeyge muslimunnah maa heyo bayakah vegen ulhey najis mushrikunge heelaiytheri kamun mi qaumu salaamaiy kurumah konme dhivessaku ves masaikkaiy kuran jeheyne.
— Ali Rameez (@aliramyz) May 7, 2022
ޢަލީ ރަމީޒް މިހެން ވިދާޅުވެފައިވާއިރު، އިންޑިއާގައި އެޤައުމުގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ ސަރުކާރުން ލާއިންސާނީ އެތައް ކަމެއް ކުރަމުން އަންނަކަން ވަނީ ހާމަވެފައެވެ. އެގޮތުން އަންހެނުން ތަޢުލީމުން މަހްރޫމްކުރުމާއި، ބުރުގާ އަޅައިފައިތިބޭ މުސްލިމުން އަންހެނުންނަށް ޖެއްސުމާއި ފުރައްސާރަ އެޤައުމުގެ ހަރުކަށި ހިންދޫންގެ ފަރާތުން އަބަދުވެސް އަންނަނީ ކުރިމަތިލަމުންނެވެ.
ކަން މިހެން އޮތްތއިރު، ރާއްޖޭގައި އިންޑިއާގެ އަސްކަރީ ސިފައިން ޤާއިމްވެ ތިބުމަކީ ރާއްޖެއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ބައެއް ފަރާތްތަކުން އަންނަނީ ސިފަކުރަމުންނެވެ.
ކޮމެންޓު ފޮނުވާ