އިންޑިއާގެ އެހީގައި ކުރެވޭ އެންމެ ބޮޑު ހެރިޓޭޖް މަސައްކަތަކީ ހުކުރު މިސްކިތް އާބަތުރަ ފިލުވުން: ޔުމްނާ

އިންޑިއާގެ އެހީގައި ކުރެވޭ އެންމެ ބޮޑު ހެރިޓޭޖް މަސައްކަތަކީ ހުކުރު މިސްކިތް އާބަތުރަ ފިލުވުން: ޔުމްނާ

Author
މުޙައްމަދު ޝަޒައިމް
04 މެއި 2022 04:53
0

އިންޑިއާގެ އެހީގައި މިވަގުތު ކުރެވޭ އެންމެ ބޮޑު ހެރިޓޭޖް މަސައްކަތަކީ މާލޭ ހުކުރު މިސްކިތް އާބަތުރަ ފިލުވުމުގެ މަަސއްކަތް ކަމުގައި ސަޤާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޔުމްނާ މިހެން ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބުދު ދީނަށް އުޅުނު ކަމުގެ ހެކިތައް ފެންނަން ހުރި އާސާރީ ތަންތަން މަރާމާތު ކުރުމަށް އިންޑިއާ އިން ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުގައި ލިޔެފައިވާ ޚަބަރު ދޮގު ކުރައްވައި ކުރެއްވި ޓުވީޓުގައެވެ.

މިނިސްޓަރ ޔުމްނާ ވިދާޅުވީ އިންޑިއާގެ އެހީގައި މިވަގުތު ކުރެވޭ އެންމެ ބޮޑު ހެރިޓޭޖް މަސައްކަތަކީ މާލޭ ހުކުރު މިސްކިތް އާބަތުރަ ފިލުވުމުގެ މަސައްކަތް ކަމުގައެވެ. ހުކުރު މިސްކިތުގެ އާބާތުރަ ފިލުވައި މަރާމާތުކުރުމުގެ މަސައްކަތަކީ އިންޑިއާ ސަރުކާރުގެ ފަންނީ އަދި މާލީ އެހީއާއެކު ކުރިއަށްގެންދާ މަސައްކަތެކެވެ.

އެގޮތުން 1.5 މިލިއަން ޑޮލަރު ނުވަތަ 23 މިލިއަން ރުފިޔާގެ ގްރާންޓް އެހީގެ ދަށުން މާލޭ ހުކުރު މިސްކިތް ހިމާޔަތްކޮށް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދިނުމަށް އިންޑިއާއިން ހުށައަޅާފައިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ޖޫން 2019 ގައި ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން ހުކުރު މިސްކިތުގެ ސްޓްރަކްޗަރަލް ކޮންޒަވޭޝަންގެ މަސައްކަތާއި، ކެމިކަލް ޕްރިޒަވޭޝަން މަސައްކަތްތައް ކުރުން ހިމެނޭނެއެވެ.

މީގެ ތެރޭގައި މިސްކިތުގެ މަތިވަޑާންގަނޑާއި، ބީމްތަކާއި، ފުރާޅުތަކާއި، ޕްލާސްޓާ ވޯކް، ޑްރެއިންޖް އަދި ސައިނެޖް މަރާމާތުކުރުން ހިމެނެއެވެ. ހަމައެހެންމެ ލިޔެލާޖެހިފައިވާ ސަރަހައްދުތަކުގައި ކަތުރުފަނީގެ ސަބަބުން ލިބިފައިވާ ގެއްލުން ދެނެގަނެ އެކަށީގެންވާ ޓްރީޓްމެންޓް ދިނުންވެސް ހިމެނެއެވެ. ހެރިޓޭޖް މިނިސްޓްރީގެ އަމާޒަކީ ހުކުރު މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް އަންނައަހަރުގެ މެދުތެރެއަށް އެއްކޮށް ނިންމާލުމެވެ.

މާލޭ ހުކުރު މިސްކިތަކީ ލަކުޑީގެ މޮޅު ވަޑާމާއި، ލިޔެލާޖެހުމާއި، ހިރިގަލުގެ ރީތި ކުރެހުންތަކުން ޒީނަތްތެރިކުރެވިފައިވާ ތާރީޚީ އަދި ޘަޤާފީގޮތުން ރާއްޖޭގައި ހުރި އެންމެ މުހިއްމު އެއް މިސްކިތެވެ. މާލޭ ހުކުރު މިސްކިތް ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ލިސްޓުގެ ވަގުތީ ލިސްޓުގައި ހިމަނާފައިވަނީ 12 ފެބްރުއަރީ 2008 ގައެވެ.

މިޑިއާތަކުގައި ދެކެވޭ ވާހަތަކާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ ލަންދޫ އާސާރީ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މައިގަނޑު މަސައްކަތަކީ މިއުޒިއަމެއް ޤާއިމްކޮށް، ލޯކަލް ޓުއަރިޒަމް ފުޅާކުރުން ކަމަށެވެ.

ޙަގީގަތް އޮޅޭ ގޮތަށް ނޫސްތަކުން ޚަބަރު ގެނައުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން. އިންޑިއާގެ އެހީގައި މިވަގުތު ކުރެވޭ އެންމެ ބޮޑު ހެރިޓޭޖް މަސައްކަތަކީ މާލޭ ހުކުރު މިސްކިތް އާބަތުރަ ފިލުވުމުގެ މަސައްކަތް.

– މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީޚުގެ އެކި ޒަމާނަށް ނިސްބަތްވާ އާސާރުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް ޒަމާނުއްސުރެ ކުރެވެމުން އައީ ވެސް އަދި މިހާރުވެސް ކުރެވެމުންދަނީ އަވައްޓެރި ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމިއްޔާތަކުގެ އެހީގައިކަމަށް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސާއީދު
ބުދުދީނުގެ ނިސާންތައްކޮނެ ނަގާ ކަޑައްއަޅާލަންޖެހޭ މިތަންތަންހުރި ރައްރަށުގަހެޔޮވިސްނޭ މުސްލިމް ފިރިހެނަކުނެތީތޯ އަދިވެސް މިތަކެތި ފެންނަންހުރީ