ގެއަކަށްވަދެ 4 އަންހެނެއްގެ ގައިގައިގަތް ދަތްއެޅި މީހަކު ކޯޓު ހުރުމަތް ކަނޑައިގެން ޖަލަށް

ގެއަކަށްވަދެ 4 އަންހެނެއްގެ ގައިގައިގަތް ދަތްއެޅި މީހަކު ކޯޓު ހުރުމަތް ކަނޑައިގެން ޖަލަށް

Author
މުޙައްމަދު ޖިމީ
04 މެއި 2022 12:09
0

ގއ.ވިލިނގިލީގައި މީހަކު ގެއަކަށްވަދެ އެގޭގައި ތިބި 4 އަންހެނެއްގެ ގައިގައި ދަތްއަޅައި އެކެއްގެ އިނގިލި ކަނޑާލި މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ. ވިލިނގިލީގައި ގެއަކަށް ވަދެ އެގޭގެ ތިބި ހަތަރު އަންހެނެއްގެ ގައިގައި ދަތް އަޅައި، އެއިން އެކަކުގެ އިނގިލި ބުރިކޮށްލި މީހަކު ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުގެ ހުރުމަތް ކަނޑާލައިގެން 150 ދުވަހަށް ޖަލަށްލުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެ ޙުކުމް އިއްވާފައިވަނީ ގ. ޗެރީހައުސް، ކ. މާލެ، އަލީ ހަސަންގެ މައްޗަށެވެ.

އޭނާ ވިލިނގިލީގެ ގެޔަކަށްވަދެ މާރާމާރި ހިންގާ އަނިޔާކޮށްފައިވާއިރު، އޭގ ތެރޭގައި އޭނާގެ ކުރީގެ އަނބިމީހާ ހިމެނެއެވެ. އޭނާ ދަތް އެޅި އެކެއްގެ އިނގިލި ވަނީ އެއް ސެންޓި މީޓަރު ވަރުގެ ތަނެއް ކަނޑާލާފައެވެ. އުމުރުން ދުވަސްވީ އަންހެނެއްގެ އަތުގެ އިނގިލި ބިންދާލާފައިވާއިރު، އިތުރު އަންހެނެއްގެ ފަޔާއި އަތުގައި ދަތް އަޅައި އަނިޔާދީފައިވާ ކަމަށް ވިލިނގިލީ ކޯޓުން ކޮށްފައިޥާ ޢަމުރުގައި ބަޔާންކޮށްފައިވެއެވެ.

އޭނާ ވަނީ ކޯޓަށް ޙާޒިރުކުރުމުން ކޯޓުގެ ހުރުމަތް ކަނޑާލާފައެވެ. ޤާޞީ ވަޑައިގަތުމުން ކޯޓުގައި ޢަމަލުކުރާ އުސޫލަކީ ކޮޅަށް ތެދުވުންކަމަށްވާއިރު އޭނާ އެކަން ނުކޮށް ވަނީ އެއީ ކުފުރުގެ ޢަމަލެއްކަމަށް ބުނެފައެވެ.

މިއާއެކު ޝަރީއަތުން 10 ފަހަރު މަތިން އޭނާއަށް ކޮޅަށް ތެދުވާން އެންގުމުން އެއިން ކޮންމެ ފަހަރަކު ކޯޓުގެ އަމުރަށް އޭނާ ނުކިޔަމަންތެރިވުމުން އެއިން ކޮންމެ ފަހަރަކަށް 15 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ޤާޟީ ކަނޑައެޅުއްވިއެވެ. އެއީ 150 ދުވަހަށް ޖަލަށް ލުމެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.