ފޮއްދޫގައި އިމާރާތްކުރާ އިންޖީނުގޭގެ އާއިމާރާތުގެ ބިންގާ އަޅައިފި

ފޮއްދޫގައި އިމާރާތްކުރާ އިންޖީނުގޭގެ އާއިމާރާތުގެ ބިންގާ އަޅައިފި

Author
މުޙައްމަދު ޝަޒައިމް
12 ނޮވެމްބަރ 2020 05:13
0

ނ. ފޮއްދޫގައި އަލަށް އިމާރާތްކުރާ ފެނަކަ އިންޖީނުގެ އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ނ. ފޮއްދޫގައި އަލަށް އިމާރާތްކުރާ ފެނަކަ އިންޖީނުގެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައީދު އާއި, ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް އެވެ. މިރަސްމިއްޔާތުގައި ފެނަކަ އެމްޑީ ސައީދާއި، މެމްބަރު ޝަފީގުވެސް ވަނީ ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވާފައެވެ.

ފެނައިކައިން ރާއްޖޭގެ އެކި ރަށްތަކުގައި ހުރި ޒަމާންވީ އިންޖީނުގެތައަށް ޚާއްސަކޮށް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ނޫޅޭ ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ބައެއް ރަށްތަކުގައި މިމަސައްކަތް ކުރިއަށްދާއިރު، އަންނަ އަހަރުވެސް ގިނަ ރައްތަކެއްގެ އިންޖީނު އެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފެނަކައިން ވަނީ މިއަދު ނ. މަނަދޫގައިވެސް ވަނީ އެރަށުގައި އަލަށް އިމާރާތްކުރާ ފެނަކަ އޮފީސް އިމާރާތުގެ ބިންގާވެސް އަޅައިފައެވެ. ފެނަކައިންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެންމެ ޒަމާނީ ފެންވަރަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އިންޖީނުގެތަކާއިއެކު އޮފީސް އިމާރާތްތަކަށްވެސް ބޮޑެތި ބަދަލުތަކެއް އެކުންފުނިން ދަނީ ގެންނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.