ޢީދު ޚުޠުބާގައި ހަނދާންކޮށްދެއްވީ ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުކުރުމަށް!

ޢީދު ޚުޠުބާގައި ހަނދާންކޮށްދެއްވީ ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުކުރުމަށް!

Author
މުޙައްމަދު ޖިމީ
02 މެއި 2022 11:25
0

މާތްﷲ ދެއްވި ނިއުމަތްތަކުގެ ހަނދާންކޮށް ޝުކުރުވެރިވުމުގެ ދުވަސްކަމަށާ، ޢީދުގެ އެއްބައިވަންތަކަމާއެކު ޙަސަވެރިކަން ނައްތާލައި ގުޅުންތައް ވަރުގަދަކުރުމަށް މިއަދުގެ ޢީދު ނަމާދު ޚުޠުބާގައި ގޮވާލައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ކުރި އީދު ނަމާދުގެ ޚުޠުބާގައި ވަނީ ޢީދުގެ މުހިންމުކަމާއި ޢީދުގެ އުފާ ފާޅުކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިއީ މާތްﷲ ދެއްވި ނިއުމަތްތަކުގެ މަތީން ހަނދާންކޮށް ޝުކުރުވެރިވުމުގެ ދުވަސްކަން ބަޔާންކުރައްވައި މިއީ ފައިތުވި ރަމަޟާންމަހުގެ ރޯދައާއި އެމަހުގައި ގިނަގުނަ އަޅުކަމާއި ހެޔޮ ޢަމަލު ކުރުމުގެ ތައުފީޤުދެއްވީތީ މާތްﷲ އަށް ޝުކުރުވާންޖެހޭ ދުވަހުގެގޮތުގައި ވަގުތުތައް ކުރިއަށްގެންދިއުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ.

އެތައް ސަތޭކަބަޔަކު ޢީދު ނަމާދަށް އެއްވާ އެއްވުމުން ފެނިގެން ދަނީ މުސްލިމުންގެ އެއްބައިވަންތަކަން ކަމުގައި ފާހަގަކުރައްވައި ޚުޠުބާގައިވަނީ ކުޑަކުދީންނާއި ބޮޑެތި މީހުންނާއި އަންހެނުންނާއި ފިރިހެނުންނާއި ފަގީރުންނާއި މުއްސަދީންގެ މެދުގައިވާ އެކުވެރިކަމާއި ރަހުމަތްތެރިކަން މި އަދުގެ މި ބަރަކާތްތެރި އެއްވުމުން ފެންނަކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މިއީ ޙަސަދަވެރިކަމާއި ބައިބައިވުމާއި އަރާރުންތަކުން ދުރުހެވިލުވުމަށް އެންމެހައި މުސްލިމުން ޢަޒުމް ކަނޑައަޅަންޖެހޭ ދުވަހުގެގޮތުގައި ހެދުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ.

މީގެއިތުރުން އަޅުކަމާއި ހެޔޮކަންކަމުގައި ރަމަޟާންމަހު އަޅުގަނޑުމެން ދެއްކި ހީވާގިކަމާއި ސަމާލުކަން ރަމަޟާންމަހުގެ ފަހުންވެސް އެގޮތުގައި ކުރިއަށްގެންދިއުމަށް ހުތުބާގައި އިލްތިމާސްކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.