މަސައްކަތްތެރީން ފިއްތައި އޮބެހެއްޓުމުގެ ބޯދާ ޘަޤާފަތް އަދިވެސް ނުނިމޭ: ވައްޑެ

މަސައްކަތްތެރީން ފިއްތައި އޮބެހެއްޓުމުގެ ބޯދާ ޘަޤާފަތް އަދިވެސް ނުނިމޭ: ވައްޑެ

Author
މުޙައްމަދު ޖިމީ
01 މެއި 2022 01:02
0

އަދިވެސް މަސައްކަތްތެރީން ފިއްތައި އޮބެހެއްޓުމުގެ ބޯދާ ޘަޤާފަތް ނުނިމޭކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ބޭއްވުމަށް ނިންމި ހިނގާލުމަށް އެންމެ ފުރަތަމަ ހުއްދަ ނުދޭން ފުލުހުން ނިންމިއެވެ. ނަމަވެސް މަޖީދީ މަގު ނޫން ސަރަހައްދެއްގައި އެއްވުން ބާއްވަން ފުލުހުން މިހާރު ވަނީ ހުއްދަ ދީފައެވެ.

މަސައްކަތްތެރިންގެ ދުވަހއި ގުޅޭގޮތުން ވައްޑެ ވިދާޅުވީ، މިނިވަން މަސައްކަތްތެރިޔަކު އުފެއްދުމަކީ އެމްޑީޕީން ކުރާންބުނި އެންމެބޮޑު އެއް މަސައްކަތްކަމަށެވެ. ވަޒީފާގެ ޤާނޫނެއް ވުޖޫދުކުރެވިފައި ވިޔަސް، އަދިވެސް އޭގައިވާ ކިތަންމެ ކަމެއްގެ ޢަމަލީސިފަ ނުފެންކަމަށާއި،  މަސައްކަތްތެރީން ނުވަތަ މުވައްޒަފުން ފިއްތައި އޮބެހެއްޓުމުގެ ބޯދާ ޘަޤާފަތް އަދިވެސް ނުނިމޭކަމަށް ވައްޑެ ވިދާޅުވިއެވެ.

މަސައްކަތްތެރީންގެ ޙައްޤުތައް ހޯދައި ނެގެހެއްޓުމުގެ ޒިންމާ އަދާކުރަން ޤާނޫނުން މަތިކޮށްފައިވާ ފަރާތްތަކުގެ ދައުރަކީ މަސައްކަތްތެރީން ދިފާޢުކުރުންކަމަށާއި، އެމީހުންގެ ޙައްޤުގައި ކުރެވޭ ކަންކަމަށް ހުރަސްއެޅައި ބިރު ދެއްކުމެއް ނޫންކަމަށް ވައްޑެ ވިދާޅުވިއެވެ.

މަސައްކަތްތެރިންގެ ދުވަސް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރުމުގެ ބޭނުމަކީ، މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމާއި އެބައިމީހުންގެ މަސައްކަތް ވަޒަންކުރުމާއި އަދި އެބައިމީހުންގެ މަސައްކަތުގެ މާޙައުލުގެ ފަހިކަމަށް ބާރުއެޅުން ފަދަ ކަންކަމަށް ދޭ ސަމާލުކަން އިތުރުކުރުމެވެ. މިދުވަސް ރާއްޖޭގައިވެސް އަންނަނީ ފާހަގަކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ާ ާާދައޫދުސޮރު
ފާފު ކޭ ނުކިޔާ . މިނިވަން ވޭޖް ސުމެއް.