ދުނިޔޭގައި ކޯވިޑް ފެރެމުންދާ ގޮތް އިތުރަށް ދެނެގަތުމުގެ ގާބިލްކަން ދަނީ ކުޑަވަމުން: ޑަބްލިއުއެޗްއޯ

ދުނިޔޭގައި ކޯވިޑް ފެރެމުންދާ ގޮތް އިތުރަށް ދެނެގަތުމުގެ ގާބިލްކަން ދަނީ ކުޑަވަމުން: ޑަބްލިއުއެޗްއޯ

Author
ހުސެއިން
27 އޭޕްރިލް 2022 07:18
0

ކޯވިޑް19 ފެތުރެމުން ދާއިއުމުގެ މަތިން ހަދާން ނައްތާނުލުމަށް، ދުނިޔޭގެ ގައުމުތަކަށް، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ގޮވާލައްވައިފިއެވެ. މިހަފްތާގެ އަންގާރަ ދުވަހު އޭނާ ވިދާޅުވެފައިވަނީ، ދުނިޔޭގައި ކޯވިޑް ފެތުރެމުންދާ ދިއުމުގެ މަތިން ދުނިޔޭ މިހާރުވަނީ ހަނދާން ނެތެން ފަށާފައި ކަމަށާއި، އޭގެ އެންމެ ބޮޑު ސަބަބަކީ ގައުމުތަކުގައި ޓެސްޓު ކުރުން އިންތިހާއަށް މަދުވެގެން ގޮސްފައިވުން ކަމުގައެވެ.

"ދުނިޔޭގެ ގައުމުތަކުން ޓެސްޓު ކުރުން މަދުވަމުންދާ ވަރަކަށް، ޑަބްލިއުއެޗްއޯއަށް ކޯވިޑް ފެތުރެމުންދާ ގޮތުގެ މައުލޫމާތާއި އަދި ވައިރަސް ސީކުއެންސް (ޑީއެންއޭ ތަރުތީބު) ވަމުންދާ ގޮތުގެ މައުލޫމާތު ލިބޭ މިންވަރު ދާނީ ދަށްވަމުން،" ޖެނީވާގައި ހުންނަ ޔޫއެން އޭޖެންސީގެ ހެޑް ކުއާޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެޑްރޮސް ވިދާޅުވެފައި ވެއެވެ.

"މީގެ ނަތީޖާއެއްގެ ގޮތުން، ވައިރަސް ފެތުރެމުންދާ ގޮތާއި، އަދި ބަދަލުވަމުންދާ ގޮތުގެ މައުލޫމާތުތަކުގެ މައްޗަށް ދުނިޔޮ އޮންނާނީ ކަނުވެފަ،" ޓެސްޓުކުރުން އިތުރުކުރުމަށް ޑަބުލިއުއެޗްއޯއާއެކީ މަސައްކަތް ކުރަމުންދާ ބައިނަލްއަގުވާމި އެހީދޭ ޖަމިއްޔާއެއް ކަމުގައިވާ FINDގެ ޗީފް އެގްޒެކެޓިވް، ބިލް ރޮޑްރިގޭޒް ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓެސްޓް ކުރާ މިންވަރު، 90 އިންސައްތައިން 70 އިންސައްތައަށް މިހާރު ވަނީ ދަށްވެފައެވެ.

"ވަމުންދާ ގޮތް ދެނެގަތުމުގެ ގާބިލްކަން އަހަރެމެންގެ ކިބައިގައި އެބަހުރި. އެހެންނަަމަވެސް، ދުނިޔޭގައި ކޯވިޑަށް ފާރަވެރިވުން ކުޑަކުރުމަށް ގައުމުތަކުން ނިންމި ނިންމުންތަކުގެ އެންމެ ފުތަމަ ޝިކާރައަކަށް ކޯވިޑް ޓެސްޓުތައް ވެގެން ދިއުމާއި ގުޅިގެން، މި ވައިރަހަށް ވަމުންދާ ގޮތުގެ މައްޗަށް އަހަރުމެން މިތިބީ ކަނުވެފަ،" އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.